ކ. މާލެ
|
8 ޖެނުއަރީ 2022 | ހޮނިހިރު 10:25
އައްޑޫގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމުގެ ތެރެއިން
އައްޑޫގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމުގެ ތެރެއިން
ރާއްޖެއެމްވީ
ކޮވިޑް-19 ވެކްސިންގެ ހާލަތު
ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 27،308ށް
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 396،941ށް އަރާފައި
ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 368،047ށް އަރާފައި

ބޫސްޓަރ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 27،308ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން އާންމު ކޮށްފައިވަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ވެކްސިން ޖަހާފައިވާ ގޮތުގެ ތަފާސް ހިސާބުތަކެވެ. އެދުވަހު ބޫސްޓަރ ޑޯޒް 245 މީހުން ވަނީ ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 185 މީހުންނާއި އަތޮޅުތަކުން 60 މީހުންނެވެ.

ޖެނުއަރީ 6 ވީ ބުރާސްފަތި ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 25 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 23 މީހުންނާއި އަތޮޅުތަކުން 2 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 396،941ށް އަރައިފައެވެ.

އެދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 97 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 78 މީހުންނާއި އަތޮޅުތަކުން 19 މީހުންނެވެ. މިއާއެކު ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 368،047ށް އަރައިފައެވެ.

- ކޮމެންޓް