Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
7 ޖެނުއަރީ 2022 | ހުކުރު 19:00
ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލް ނަގަނީ
ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލް ނަގަނީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ކުލުދުއްފުށި ސިޓީގައި ކޮވިޑުގެ ހާލަތު
ކުޅުދުއްފުށީގައި އެކްޓިވް ކޭހުގެ އަދަދު 41ށް އަރައިފި
މިހާތަނަށް 50 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެތެރޭގައި ރީޖަނަލް ހޮސްޕިޓަލްގެ 3 ޑޮކްޓަރަކުވެސް ހިމެނޭ

ކުޅުދުއްފުށި ސިޓީން އިތުރު 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެކްޓިވް ކޭހުގެ އަދަދު 41ށް އަރައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދިންގޮތުގައި ހުކުރު ދުވަހު ޕޮޒިޓިވްވެފައިވަނީ ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި ބުރާސްފަތި ދުވަހު ނެގި ސާމްޕަލް އަކުން ޕޮޒިޓިވްވީ 39 އަހަރުގެ އަންހެނެއްގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުންގެ 14 ސާމްޕަލަކާއި، ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހުންގެ ތެރެއިން 3 ސާމްޕަލެކެވެ.

Advertisement

ކުޅުދުއްފުށި ސިޓީގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ 101 ރޭންޑަމް ސާމްޕަލް ބުރާސްފަތި ދުވަހު ވަނީ ނަގާފައެވެ. އޭގެތެރެއިން 1 ސާމްޕަލް ފިޔަވައި ހުރިހާ ސާމްޕަލް ނެގެޓިވް ކަމަށާއި، 1 ސާމްޕަލް އިންކޮންކްލޫސިވްކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ކުޅުދުއްފުށިން ކޮވިޑް ކޭސްއެއް ނުފެންނަތާ ދުވަސްކޮޅެއް ދިއުމަށްފަހު އެންމެ ފުރަތަމަ ކޭހެއް ފެނިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މިހާތަނަށް 50 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ 3 ޑޮކްޓަރަކުވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް