Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
6 ޖެނުއަރީ 2022 | ބުރާސްފަތި 20:23
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށީ ސިޓީގެ ކޮވިޑްގެ ހާލަތު
ކުޅުދުއްފުށީ ސިޓީގައި ކޮވިޑް ކޭސްތައް އިތުރުވަނީ
ކޭސްތައް އިތުރުވަމުންދާތީ ބުރާސްފަތި ދުވަހު ވަނީ 100 ރެންޑަމް ސާމްޕަލް ނަގާފައި
މިވަގުތު އެ ސިޓީގައި އެކްޓިވް ކޭސްގެ އަދަދަކީ 23

ކުޅުދުއްފުށީ ސިޓީއިން އިތުރު 5 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 23ށް އަރައިފިއެވެ.

ކުޅުދުއްފުށި ސިޓީން ބުދަދުވަހު ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމާތްތައް ހުރެގެން އަންގާރަ ދުވަހު ފްލޫ ކްލިނިކަށް ދެއްކި 4 މީހަކާއި، ކޮންޓްރެކްޓް ޓްރޭސިންގެތެރެއިން ފާހަގަ ކުރެވުނު މީހެކެވެ. ފްލޫ ކްލިނިކަށް ދެއްކި 4 މީހުންގެތެރެއިން 2 މީހުންނަކީ ވަރަށް ފަހުން މާލެ ދަތުރުކޮށްފައިވާ ބައެކެވެ.

ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވިގޮތުގައި، މިދުވަސްވަރު ކުޅުދުއްފުށީގައި ކޯވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ބުރާސްފަތި ދުވަހު ވަނީ 100 ރެންޑަމް ސާމްޕަލް ނަގާފައެވެ.

Advertisement

ކުޅުދުއްފުށިން ކޯވިޑް ކޭސްއެއް ނުފެނި ދުވަސްކޮޅެއް ދިއުމަށްފަހު އެންމެ ފުރަތަމަ ކޯވިޑް ކޭހެއް ފެނިފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.

މިހާތަނަށް 32 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ 3 ޑޮކްޓަރަކުވެސް ހިމެނެއެވެ. މިވަގުތު އެ ސިޓީގައި އެކްޓިވް ކޭސްގެ އަދަދަކީ 23 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް