ކ. މާލެ
|
31 މެއި 2017 | ބުދަ 17:06
ޕްރަބާސް
ޕްރަބާސް
ގޫގުލް
ޕްރަބާސް
"ބާހްބަލީ"ގައި އުޅޭ ޕްރަބާސްއާ ކައިވެނިކުރުމަށް އެދި 6،000 މީހުން ހުށައެޅި
6000 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ޕްރަބާސް އާއެކޭ ބުނެފައެއް ނުވޭ

"ބާހްބަލީ" ގެ ލީޑްރޯލުން ފެނިގެންދާ ޕްރަބާސް ވެފައިވަނީ "ބާހްބަލީ" ސިނަމާތަކަށް އައިފަހުން މުޅި އިންޑިއާގައި އެންމެ މަގުބޫލު އެކްޓަރަކަށް ވެފައެވެ. އަދި އެ ފިލްމްގެ ދެ ވަނަ ބަޔާ އެކު އޭނާގެ މަގުބޫލުކަން ވަނީ އިންތިހާ އަށް ގޮސްފައެވެ.

 

ރިޕޯޓްތައް ބުނާ ގޮތުން ޒުވާން ގިނަ އަންހެން ކުދިންގެ ހިތްތަކުން ޕްރަބާސް ޖާގަ ހޯދާފައިވާ އިރު އޭނާއާ ކައިވެނިކުރުމަށް އެދި  6,000 ހުށައެޅުން ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް އެއިން އެއްވެސް މީހަކަށް އޭނާ އާއެކޭ ބުނެފައިނުވާ ކަމަށް ވެއެވެ.

އަޑުތައް އަރާފައިވާ ގޮތުގައި 2018 ވަނަ އަހަރު ޕްރަބާސް ކައިވެނި ކުރާނެއެވެ. އިންޑިއާގެ ނޫހެއްކަމުގައިވާ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ ޕްރަބާސް ކައިވެނި ކުރާނީ އިންޑަސްޓްރިއަލިސްޓެއް ކަމަށްވާ މަޝްހޫރު ތެލުގޫގެ ޕޮލިޓިޝަން ބުޕާތީ ރާޖޫއަށް ކާފަ ކިޔާ ކުއްޖަކާއެވެ.

އެހެން ނަމަވެސް ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ ޕްރަބާސްގެ އޮފިޝަލް ސްޕޯކްސްޕާސަންއަކާ އެ ނޫހުން ގުޅިކަމަށާއި އެކަން އަދި ޔަގީން ނުވާ ކަމަށެވެ. މީގެ ކުރިން ޕްރަބާސް އާއި "ބާހްބަލީ 2" ގައި އަންހެން އެކްޓްރެސްއެއްގެ ގޮތުގައި ފެނިގެންދިޔަ އަނުޝްކާ ޝެޓީއާ ގުޅުމެއް އޮތް ކަމަށް އަޑުތައް ފެތުރުނެވެ. އަނުޝްކާ ޝެޓީ އާއި ޕްރަބާސް ވަނީ ތެލުގޫގެ އެހެން ފިލްމުތަކުން ވެސް އެކުގައި ފެނިގެން ގޮސްފައެވެ. އަދި ޕްރަބާސްއަށް ސަޕޯޓްކުރާ ގިނަ ފޭނުން ބޭނުންވަނީ ވެސް އެދެމީހުން ކައިވެނިކުރުމަށެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި ޕްރަބާސް އަނުޝްކާއާ ކައިވެންޏެއް ނުކުރާނެއެވެ.

"ބާހްބަލީ 2" ގެ މަސައްކަތަށް ފަހު ޕްރަބާސް މިހާރު ދަނީ  އެމެރިކާގައި ޗުއްޓީ ހޭދަކުރަމުންނެވެ. ޕްރަބާސް އިންޑިއާއަށް އެނބުރި  ވަރަށް އަވަހަށް ދާނެ ކަމަށާއި އެނބުރި އިންޑިއާއަށް އައުމުން އޭނާގެ ކައިވެންޏާ ބެހޭ މައުލޫމާތު ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެން  ނަމަވެސް މިއަންނަ ޖޫން މަހުގެ ތެރޭގައި ޝޫޓް ކުރަން ފަށާ އޭނާގެ އާ ތެލުގޫ ފިލްމު "ސާހޯ" ގެ ޝޫޓިން ފަށާނެއެވެ. އެ ފިލްމުގެ ބޮޑުބައި ޝޫޓް ކުރާނީ އިންޑިއާގެ މުމްބާއީގައެވެ. މި ފިލްމު ސްކްރީންތަކަށް އަންނަ އަހަރު އަންނަ އިރު މި ފިލްމުވެސް ރިލީޒް ކުރާނީ "ބާހްބަލީ 2" ވެސް ރިލީޒް ކުރި ގޮތަށް ތަމަޅަ އަދި ހިންދީ ބަހަށް ޑަބް ކޮށްގެންނެވެ.

 

- ކޮމެންޓް