ކ. މާލެ
|
5 ޖެނުއަރީ 2022 | ބުދަ 23:01
އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަތުމުގެ ތެރެއިން
އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަތުމުގެ ތެރެއިން
ރައީސް އޮފީސް
ރާއްޖެއިން އިސްރާއީލާ ގުޅުން ގާއިމުކުރާ ވާހަކަތައް
އިޒްރާއީލާ ގުޅުން ގާއިމުކުރުމުގެ މަސައްކަތެއްވެސް މަޝްވަރާއެއްވެސް ނުކުރޭ
ރާއްޖެ އާއި އިޒްރޭލްގެ ގުޅުން އިތުރަށް ބަދަހިކޮށް ގުޅުން ގާއިމުކުރުމުގެ މަޝްވަރާތަކެއް ހިނގަމުންދާ ކަމަށް އިޒްރާއީލުގެ ނޫހަކުން ވަނީ ރިޕޯޓްކޮށްފައި
އިޒްރޭލުން ދެން އެންމެ އަވަހަށް ގުޅުން ގާއިމު ކުރާނީ ރާއްޖެ އާ ކޮމޯރޮސްއާ ކަމަށް ވަނީ ރިޕޯޓްކޮށްފައި

ދިވެހިރާއްޖެއާ އިޒްރޭލާ ގުޅުން ގާއިމްކުރުމުގެ މަސައްކަތެއް އަދި މަޝްވަރާއެއްވެސް ނުކުރާ ކަަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ރާއްޖެ އާއި އިޒްރޭލްގެ ގުޅުން އިތުރަށް ބަދަހިކޮށް ގުޅުން ގާއިމު ކުރުމުގެ މަޝްވަރާތަކެއް ހިނގަމުންދާ ކަމަށް އެ ގައުމުގެ "ޓައިމްސް އޮފް އިޒްރާއީލް" ގައި ރިޕޯޓްކުރުމާއި ގުޅިގެންނެވެ. "ޓައިމްސް އޮފް އިޒްރާއީލް" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން ދެން އެންމެ އަވަހަށް ގުޅުން ގާއިމު ކުރާނީ ރާއްޖެ އާ ކޮމޯރޮސް އާއެވެ. އެ މައުލޫމާތު އެ ނޫހުން ގެނެސްދީފައި ވަނީ ޑިޕްލޮމެޓިކް ދާއިރާގެ އިސް އޮފިޝަލުންތަކަކާ ހަވާލާދީއެވެ. އެކަމުގެ ވާހަކަތައް ދެކެވެމުން ދާކަމަށް ބުނެފައި ވީނަމަވެސް އެކަން އެހާ އަވަހަށް ވާނެކަމަށް ނުބެލެވޭކަމަށްވެސް ޑިޕްލޮމެޓިކް ސޯރސަސް ތަކާއި ހަވާލާދީ ވަނީ ރިޕޯޓު ކޮށްފައެވެ.

ދިވެހިރާއްޖެއާ އިޒްރޭލާ ދެމެދު ގުޅުން ގާއިމު ކުރަން އުޅޭކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާތީ ފޮރިން މިނިސްޓްރީން ބުނީ "ދިވެހިރާއްޖެއާ އިޒްރޭލާ ގުޅުން ގާއިމް ކުރުމުގެ މަސައްކަތެއް އަދި މަޝްވަރާއެއްވެސް ސަރުކާރުން ނުކުރޭ،" ކަމަށެވެ.

ރާއްޖޭގެ ސަރުކާރުން ވަނީ އިޒްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އިޒްރާއީލުގެ އެއްވެސް އުފެއްދުމެއް ރާއްޖެއަށް އެތެރެކުރުން 2014 ވަނަ އަހަރުން ފެށިގެން ވަނީ މަނާކޮށްފައެވެ.

އިޒްރާއީލާ ރާއްޖެއިން ގުޅުން ގާއިމުކުރަން އުޅޭކަަމަށް މީގެކުރިން ދެކެވުނު ވާހަކަ ތަކެއްވެސް ސަރުކާރުން ވަނީ ދޮގު ކޮށްފައެވެ.

- ކޮމެންޓް