ކ. މާލެ
|
31 މެއި 2017 | ބުދަ 15:31
އާމިރު ޚާން
އާމިރު ޚާން
ގޫގުލް
އާމިރު ޚާން
ނާކާމިޔާބީއަކީ އަހަރެންގެ ކާމިޔާބު: އާމިރު ޚާން
އާމިރު މިހާރު ދަނީ "ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުން

ކެރިއަރުގެ ފުރަތަމަ ކޮޅުގައި ލިބުނު ނާކާމިޔާބީތަކަކީ މިހާރު ލިބެމުންދާ ކާމިޔާބީގެ އަސްލު ކަމަށް ބޮލީވުޑްގެ ތަރި އާމިރު ޚާން ބުނެފިއެވެ.

މިހާރު އުމުރުން 52 އަހަރުގެ އާމިރު ޚާން ބުނީ އޭނާގެ ކެރިއަރުގައި ހޭދަވި 27 އަހަރު ދުވަހުގެތެރޭ ކުރީކޮޅުގައި އޭނާއަކީ މާ ކާމިޔާބު އެކްޓަރެއް ނޫން ކަމަށެވެ.

ޔޫރަޕްގެ ގައުމެއް ކަމަށްވާ މޯލްޓާގައި މިހާރު ހުރި އާމިރު އިންޑިއާގ ޕީޓީއައި ނޫހަށް ދިން ފޯނު އިންޓަވިއުއެއްގައި ބުނީ  އޭނާއަކީ ނާކާމިޔާބީއާ ކުރިމަތިލާފައިވާ މީހެއް ކަމަށާއި އޭނާ ހިތްވަރު ލިބިގަތީ ކެރިއަރުގައި ލިބުނު ނާކާމިޔާބީން ކަމަށެވެ.. އަދި އޭނާގެ ކެރިއާގެ ކުރިމަގު ބިނާ ކުރީ އެ ނާކާމިޔާބީގެ މައްޗަށް ބިނާކޮށް ކަމަށް އާމިރު ބުންޏެވެ. 

އާމިރު މިހާރު ހުރީ ޔޫރަޕްގެ މޯލްޓާގައެވެ. އެއީ މިއަންނަ ޖޫންމަހުގެ 5 ވަނަ ދުވަހު ޝޫޓިން ފަށާ އޭނާގެ އެންމެ ފަހުގެ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގެ އެންމެ ފަހުގެ ތައްޔާރީތައް ވުމަށެވެ. ޚަބަރުތައް ބުނާގޮތުގައި "ތަގްސް އޮފް ހިންދުސްތާން" ގެ ބޮޑުބައެއް މޯލްޓާގައި ޝޫޓް ކުރާނެއެވެ. އާމިރު ބުނީ އަމީތާބާ އެކު ފުރަތަމަ ފަހަރަށް ފިލްމަކުން އެކްޓު ކުރުމަށް ލިބުމުން ވަރަށް އުފާވެފައި ހުރިކަމަށާއި އަމީތާބަކީ އޭނާގެ ވަރަށްބޮޑު ފޭނެއް ކަމަށެވެ. "ތަގްސް އޮފް ހިންދުސްތާނުގައި" އަމީތާބުގެ އިތުރުން "ޑަންގަލް" އިން ފެނިގެން ދިޔަ ފާތިމާ ސަނާ ޝައިޚް ވެސް ފެނިގެންދެއެވެ. އަދި ކެޓްރީނާ ކައިފް ވެސް ފެނިގެންދާނެއެވެ.

އާމިރުޚާންގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ލަގާން"، "ތާރޭ ޒަމީން ޕަރް"، "ގަޖިނީ"،"ތްރީ އިޑިއަޓްސް"، "ޕީކޭ"، "ފަނާ" އަދި "ޑަންގަލް" ހިމެނެއެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ ކާމިޔާބު ގިނަ ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. 

- ކޮމެންޓް