ކ. މާލެ
|
31 މެއި 2017 | ބުދަ 15:23
އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން އެއާޕޯޓުގައި
އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން އެއާޕޯޓުގައި
ޣިޔާސުއްސީން އިންޓަނޭޝަނަލް ސްކޫލް
ޣިޔާސުއްދީން އިންޓަނޭޝަނަލްސް
އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި
އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ފުރާފައިވަނީ 24 ދަރިވަރުން
އެ ދަރިވަރުން އެނބުރިރާއްޖެ އަންނާނީ ޖޫން 8 ވަނަ ދުވަހުގައި

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ 24 ކުދިން އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޗައިނާގެ ބެއިޖިންއަށް ބުދަދުވަހު ފުރައިފިއެވެ.

ޣިޔާސުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަހްލީމާ އަބްދުލް ޣަފޫރު ވިދާޅުވީ 24 ކުދިންނާއެކީ  ޣިޔާސުއްދީނުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝިރުމީނާ ފަހީމްގެ އިތުރުން އެ ސްކޫލްގެ ތިން ޓީޗަރުން ދިޔަ ކަމަށެވެ. ޣިޔާސުއްދީން ސްކޫލް ގެ 24  ދަރިވަރުން އެނބުރި އައުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހުގައެވެ.

ޗައިނާ އަށް ފުރާފައިވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ޖޫނިއާ ތިން ޓީމާއި މިޑްކލް ކެޓަގަރީގެ ދެ ޓީމާއި ސީނިއާ އެއް ޓީމް ކަމަށް އަހްލީމާ ވިދާޅުވިއެވެ. މިދިޔަ އަހަރު ވެސް އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ޣިޔާސުއްދީން ސްކޫލްގައި ބައިވެރިވެގެން މިޑްލް ކެޓަގަރީން ވަނީ ދެ  ވަނަ ހޯދާފައެވެ.

މިދިޔަ އަހަރު އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަން އޮތީ ސިންގަޕޫރުގައެވެ. އަހުލީމާ ވިދާޅުވީ މިއަހަރު ވެސް ޣިޔާސުއްދީންގެ ދަރިވަރުން ވަނަ ހޯދާނެކަމަުގެ އުއްމީދު އެބަ އޮތް ކަމަށެވެ. އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ޗައިނާއަށް ފުރާފައި ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގެ ރައުންޑްގައި ކޮލިފައިވި ކުދިން ކަމަށް އަހުލީމާ ވިދާޅުވިއެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވީ ޣިޔާސުއްދީންގެ އިތުރުން އަހުމަދިއްޔާ ސްކޫލެވެ.

- ކޮމެންޓް