ކ. މާލެ
|
4 ޖެނުއަރީ 2022 | އަންގާރަ 23:22
ފަޅުވެރިން ހޯދުމަށް ބަލާފައިވާ ސަރަހައްދު
ފަޅުވެރިން ހޯދުމަށް ބަލާފައިވާ ސަރަހައްދު
އެމްއެންޑީއެފް
އަލަމާ-5 ދޯނީގެ ފަޅުވެރިން ހޯދުމުގެ މަސައްކަތް
ފަޅުވެރިން ހޯދުމަށް މިހާތަނަށް ކަނޑާއި ވައިގެ މަގުން 2720 ސްކޮޔަރ ނޯޓިކަލްމޭލުގެ ސަރަހައްދެއް ބަލައިފި
އެ ދޯނީގައި ދިވެހި ކައްޕިއަކާއި ބިދޭސީ ދެ ފަޅުވެރިން ތިބި
އެއީ 60 ފޫޓުގެ ދޯންޏެއް
ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ.އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުން ފެނިފައިވޭ

އަލަމާ-5 ދޯނީގެ ފަޅުވެރިން ހޯދުމަށް މިހާތަނަށް ކަނޑާއި ވައިގެ މަގުން 2720 ސްކޮޔަރ ނޯޓިކަލްމޭލްގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި، އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ވ. ފުއްސަރު ކައިރިން އަލަމާ ނަމަކަށް ކިޔާދޯންޏެއް، އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 7:15 ހާއިރުއެވެ. އެ ދޯނީގައި ތިބީ ދިވެހި ކައްޕިއަކާއި ބިދޭސީ ދެ ފަޅުވެރިންނެވެ. އެއީ 60 ފޫޓުގެ ދޯންޏެކެވެ.

އެމްއެންޑީއެފުން ބުނީ ފަޅުވެރިން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު މި ކަމުގައި ހަރަކާތްތެރިވަމުން ދަނީ އެމްއެންޑީއެފް ޑޯނިއަރ ފްލައިޓާއި ކޯސްޓްގާޑް އެކޯ-905, ސީ އެމްބިއުލާންސް ކަމަށެވެ. ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ. އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުން، ކޯސްޓްގާޑަށް ފެނިފައިވެއެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ޖަނަވަރީ 3 ވަނަ ދުވަހުގެރޭ 11:22 ހާއިރުއެވެ. އަދި މިދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން, މާލެއަށެވެ.

- ކޮމެންޓް