ށ. ކަނޑިތީމު ފުޓްބޯޅަދަނޑުގެ ވަށަފާރު ރާނާއި ފެންސްޖަހައި ގޯލް ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކަނޑިތީމު ކައުންސިލުން އިއުލާނު ކޮށްފިއެވެ.
ކަނޑިތީމު ކައުންސިލުން ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެހެންކަމުން މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖެނުއަރީ 4 ވާ އަންގާރަ ދުވަހުގެ 10:00ން ޖެނުއަރީ 12 ވާ ބުދަ ދުވަހުގެ 14:00 އާއި ދެމެދު ރަޖިސްޓްރީވުމަށް ކައުންސިލުން އެދިފައިވެއެވެ. އަދި ބީލަމުގައި ބައިވެރިވެރިވެފައިވާ ފަރާތްތަކަށް މައުލޫމާތު ދިނުން 13 ޖެނުއަރީ ވާ ބުރާސްފަތި ދުވަހު 12:00ގައި އޮންނާނެ ކަމަށާއި މައުލޫމާތު ދިނުން ކުރިއަށް ގެންދާނީ އެ އިދާރާގެ ކޮންފަރެންސް ހޯލްގައި ކަމަށްވެސް ކައުންސިލުން ހަމާކުރެއެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓްގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ބީލަން ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވަނީ ޖެނުއަރީ 18ވާ އަންގާރަ ދުވަހުގެ 12:00ގައެވެ.