ކ. މާލެ
|
4 ޖެނުއަރީ 2022 | އަންގާރަ 08:51
ނަރުދޫއަށް އުދައެރުން
ނަރުދޫއަށް އުދައެރުން
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ރާއްޖޭގެ ބޮޑުބަޔަކަށް އުދަ އަރާނެކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފި
ހޯމަ ދުވަހުގެ ރޭ މެންދަމު 12:30ން ފެށިގެން އަންގާރަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އެސަރަހައްދަށް ވަނީ ވައިޓް އެލަރޓް ނެރެފައި
އަންގާރަ ދުވަހުގެ މެންދުރު ކުރިއަށް މޫސުން އާއްމުގޮތެއްގައި ރަގަޅުވާނެކަމަށާއި މެންދުރުފަހުން އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވޭ

ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް އުދައަރާނެ ކަމަށް ލަފާކޮށް އެސަރަަހައްދަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޯމަ ދުވަހުގެ ރޭ މެންދަމު 12:30ން ފެށިގެން އަންގާރަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އެސަރަހައްދަށް ވައިޓް އެލަރޓް ނެރޭކަމަށެވެ.

މެޓް އޮފީހުން ބުނީ އަންގާރަ ދުވަހުގެ މެންދުރު ކުރިއަށް މޫސުން އާއްމުގޮތެއްގައި ރަގަޅުވާނެކަމަށާއި މެންދުރުފަހުން އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށެވެ. އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭއިރު ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 4 ފޫޓާއި 6 ފޫޓާދެމެދު ކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް