ކ. މާލެ
|
3 ޖެނުއަރީ 2022 | ހޯމަ 20:18
ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން
ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން
ރޮއިޓަރސް
އުރުދުޣާން ސައޫދީއަށް ވަޑައިގަތުން
އަންނަ މަހު އުރުދުޣާން ސައޫދީއަށް ވަޑައިގަންނަވަނީ
 
ތުރުކީން މިހާރު އަންނަނީ ސަރަހައްދީ ބާރުތަކާއި އޮތް ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރަމުން
 
ފާއިތުވި އަހަރުތަކުގައި ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފައި

އަންނަ މަހު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާނެ ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުރުދުޣާން ސައުދީއަށް ވަޑައިގަންނަވާނެކަން ހާމަކޮށްފައި މިވަނީ ފާއިތުވި އަހަރުތަކުގައި ދެ ގައުމުގެ ގުޅުން ހީނަރުވެފައިވަނިކޮށެވެ. ސައުދީއަށް ދަތުރުކުރައްވާނެކަން އުރުދުޣާން ހާމަކުރެއްވީ ސައުދީއަށް މުދާ އެކްސްޕޯޓްކުރުމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ތުރުކީން ސައުދީއަށް މުދާ އެކްސްޕޯޓްކުރުން ފާއިތުވި އަހަރު ތަކުގައި ވަނީ ބޮޑުތަނުން ދަށަށްގޮސްފައެވެ. ތުރުކީން މިހާރު އަންނަނީ ސަރަހައްދީ ބާރުތަކާއި އޮތް ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް އާ އޮތް ގުޅުން ރަނގަޅުކުރުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެ މައިގަނޑު ސަބަބަކީ ތުރުކީގެ އިގްތިޞާދީ ހާލަތު ދަށަށްދާން ފެށުމެވެ.

މިދިޔަ އަހަރުގެ މެއި މަހު ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރުހާން އާ ތުރުކީގެ ފޮރިން މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ. އެބައްދަލުކުރެއްވުމަށްފަހު ތުރުކީގެ ފޮރިން މިނިސްޓަރ ވިދާޅުވީ ދެގައުމު އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެފައިވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް