ކ. މާލެ
|
2 ޖެނުއަރީ 2022 | އާދީއްތަ 18:41
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަން
އެއަރ ކާރގޯގެ ޚިދުމަތްފުޅާ ކުރުން
މޯލްޑިވިއަނުން އެއަރ ކާރގޯގެ ޚިދުމަތް ފުޅާކުރަނީ!
ޑިމާންޑާ އެއްވަރަށް ޚިދުމަތެއް ނުދެވޭ
ކާރގޯއަށް އެއާކްރާފްޓެއް ޚާއްސަ ކުރުމަށް ދަނީ މަޝްވަރާކުރަމުން
މޯލްޑިވިއަން ކުރިއަރުވައި ޚިދުމަތްތައް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރޭ

ގައުމީ އެއާލައިން، މޯލްޑިވިއަނުން އެއަރ ކާރގޯގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖެއެމްވީއަށް، އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އެއަރ ކާގޯގެ ޚިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާރު ވެސް ކުރިއާ ބަލާފައި 20 އިންސައްތަ އިތުރު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ޑިމާންޑާ އެއްވަރަށް ޚިދުމަތް ނުދެވޭ ކަމަށެވެ.

މިހާދު ވިދާޅުވީ ކާރގޯއަށް އެއާކްރާފްޓެއް ޚާއްސަ ކުރުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

އެއަރ ކާރގޯއަށް އޭގައި ވެސް ސްޕޭސް ޑިމާންޑާ އެއްވަރަށް ނުދެވޭ. އަޅުގަނޑުމެންގެ ވިސްނުމުގައި ވަރަށް ބޮޑަށް އޮތް ކަމެއް ކާގޯ ޑޮމެސްޓިކް ފްލައިޓެއް ކަންތައް ވެސް. އެކަންތަކަށް ބޭނުންވާ މަސައްކަތްތައް ވެސް މިދަނީ ކުރަމުން. ފީސަބަލްކޮށް އެކަން ކުރެވޭނެ ގޮތެއް. އެއީ ޑެޑިކޭޓެޑް އެއަރކްރާފްޓެއް އެކަމަށް (ކާރގޯއަށް) ޚާއްސަކުރުން.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު މިހާދު

މޯލްޑިވިއަން ކުރިއަރުވައި ޚިދުމަތްތައް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާނެކަން ފާހަގަކުރައްވައި މިހާދު ވިދާޅުވީ، 2022 ވަނަ އަހަރަކީ ކާމިޔާބު އަހަރަކަށް ވާނެ ކަމަށެވެ.

މޯލްޑިވިއަނުން ބުނީ ދެ އަހަރުގެ ގެއްލުން މުޅިން އިއާދަކުރަން އަހަރުތަކެއް ނަގާނެ ކަމަށެވެ. 2021 ވަނަ އަހަރު ކުންފުނީގެ ކެޕިޓަލް އިންވެސްޓްމެންޓަށް ސަރުކާރުން 200 މިލިއަން ރުފިޔާ އިންޖެކްޓްކުރިއެވެ. އަދި 2020 ވަނަ އަހަރު ވެސް ސަރުކާރުން ވެދިން އެހީތެރިކަމާއެކު މިހާރު ކުންފުންޏަށް ފައިދާވާނެ ކަމުގެ ކޮޅުމަތި ވަނީ ފެންނަން ފަށާފައެވެ. ކޮވިޑްގެ ސަބަބުން ދަތުރުތައް ހުއްޓި ފައިދާ ނުވިނަމަވެސް މުވައްޒަފުން ވަކި ނުކޮށް ގައުމީ ޚިދުމަތުގައި އޮވެވުނީ ސަރުކާރުގެ އެހީތެރިކަމާއެކުއެވެ.

- ކޮމެންޓް