ކ. މާލެ
|
2 ޖެނުއަރީ 2022 | އާދީއްތަ 09:55
އޮސްޓްރޭލިއާގައި ކޮވިޑްގެ އަދަދުތައް މަދުވި ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މިބަލީގައި އެޑްމިޓް ކުރަމުން
އޮސްޓްރޭލިއާގައި ކޮވިޑްގެ އަދަދުތައް މަދުވި ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މިބަލީގައި އެޑްމިޓް ކުރަމުން
ރޮއިޓަރސް
އޮސްޓްރޭލިއާގެ ކޮވިޑްގެ ހާލަތު
އޮސްޓްރޭލިއާގައި ކޮވިޑްގެ އަދަދުތައް ދަށްވިނަމަވެސް އެޑްމިޓްކުރާ މިންވަރު މައްޗަށް!
އޮސްޓްރޭލިއާގައި ޖުމްލަ 2،260 މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައި

އޮސްޓްރޭލިއާގައި ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވި ނަމަވެސް، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު 22،577 މީހުން ޕޮސިޓިވްވި ނަމަވެސް، ހޮނިހިރު ދުވަހު އޮސްޓްރޭލިއާގެ އެންމެ އާބާދީ ބޮޑު ނިއު ސައުތު ވޭލްސްއިން ކޮވިޑަށް ޕޮސިޓިވްވީ 18،278 މީހުންނެވެ. ހުކުރު ދުވަހާ އަޅާބަލާއިރު ހޮނިހިރު ދުވަހު ކޮވިޑަށް ޓެސްޓުކުރި މީހުންގެ އަދަދު ވަނީ ހަތަރުބައިކުޅަ އެއްބައި މަދުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޮސްޓްރޭލިއާގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ދަށްވެފައިވަނީ އެގައުމުގައި މީހުން ކޮވިޑަށް ޓެސްޓުކުރާ މިންވަރު މަދުވުމުންނެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި ދުވާލެއްގެ މައްޗަށް 7،000ށްވުރެ ގިނަ މީހުން ޕޮސިޓިވް ވަމުން އަންނަައިރު، ކުއީންސްލޭންޑުން ހޮނިހިރު ދުވަހު ޕޮސިޓިވްވެފައިވަނީ 3،587 މީހުންނެވެ.

ކޮވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދަށްވުރެ ބޮޑަށް އެގައުމުން ބަލަމުން އަންނަނީ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ ނިސްބަތަށެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެގައުމުގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވަނީ 18 އިންސައްތަ އިތުރުވެފައެވެ. މިހާރު އޮސްޓްރޭލިއާގައި 1،066 މީހަކަށް އަންނަނީ އެޑްމިޓް ކޮށްގެން ފަރުވާދެމުންނެވެ.

އޮސްޓްރޭލިއާގެ ކޮވިޑްގެ ހާލަތާ ގުޅިގެން އެގައުމުގެ ކުއީންސްލެންޑް ސްޓޭޓު ޓްރެޝަރާ ވިދާޅުވީ އައު އަހަރާއެކު އެގައުމުން ކުރިމަތިލާފައި މިވަނީ ކޮވިޑްގެ އައު ހަނގުރާމައަކާ ކަމަށެވެ. އަދި އެގައުމުގައި ކޮވިޑް ފެތުރޭ މިންވަރު ސިއްހީ ނިޒާމަށް ކަތާވަރަށް މަދުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ބަލީގައި އޮސްޓްރޭލިއާއިން ހޮނިހިރު ދުވަހު ފަސް މީހަކު މަރުވެފައިވާއިރު، އެގައުމުގެ ޖުމްލަ 2،260 މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް