ކ. މާލެ
|
1 ޖެނުއަރީ 2022 | ހޮނިހިރު 14:36
މޯލްޑިވިއަންގެ ސީޕްލޭންއެއް،
މޯލްޑިވިއަންގެ ސީޕްލޭންއެއް،
ޓްވިޓަރ
ސީޕްލޭން ދަތުރުތައް އިތުރުކުރުން
ސީޕްލޭން އޮޕަރޭޝަން ފުޅާ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ: އެމްޑީ މިހާދު
ދިވެހި ޕައިލެޓުންނަށް ފަހި ފުރުސަތުތައް ލިބޭނެ
ސީޕްލޭން ވިޔަފާރީގައި ޕްރައިވެޓް އެއަރލައިންތަކާއި ވަރަށް ވާދަވެރި
ކުންފުންޏަށް އެންމެ ބޮޑަށް ފައިދާވާ އެއްކަމަކީ ސީޕްލޭން ދަތުރުތައް

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ސީޕްލޭން އޮޕަރޭޝަން ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖންގ ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މިހާދު ވިދާޅުވީ ސީޕްލޭން އޮޕަރޭޝަން ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ބޭރުގެ ކުންފުނިތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ވިޔަފާރި ފުޅާކުރުމުގެ ގޮތުން މިމަސައްކަތްތައް ކުރިއަށްދާއިރު، ރިސޯޓުތަކަށް ދަތުރުތައް ފެށުމަށް އެއްބަސްވުންތައް ހަދަމުންދާ ކަމަށް މިހާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ސީޕްލޭން ވިޔަފާރީގައި ފްރައިވެޓް އެއަރލައިންތަކާއި ވަރަށް ވާދަވެރި ކަމަށެވެ.

މިއާދު ވިދާޅުވީ ސީޕްލޭންގެ ވިޔަފާރި ކުރިއެރުވުމުގެ ޝައުގުވެރިކަން އިންޑިއާއިން ވެސް ފާޅުކޮށްފައިވާ ކަމަށާއި، މިއީ ދިވެހި ޕައިލެންޓުންނަށް ލިބިގެންދާ ފަހި ފުރުސަތެއް ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާގެ އިތުރުން އެހެން ގައުމުތަކުން ވެސް އެކަމުގެ ޝައުގުވެރިކަންފާޅު ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެގައުމުތަކުގައި އެމަސައްކަތް ފެށުމަށް އެހީތެރިވަމުންދާ ކަމަށާއި، މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން މިހާދު ވިދާޅުވީ މިއީ ފައިދާވާނެ ވިޔަފާރިއެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި އެގައުމުތަކާއެކު ސީޕްލޭން އޮޕަރޭޝަން ފެށިގެންދާނެ ކަަމަށް އުންމީދު ކުރާ ކަމަށެވެ.

ސަރުކާރުގެ އެހީތެރިކަމާއެކު މޯލްޑިވިއަން ކުރިއަށްދާކަން ފާހަގަކުރައްވައި މިހާދު ވިދާޅުވީ، 2021 ވަނަ އަހަރު ކުންފުނީގެ ކެޕިޓަލް އިންވެސްޓްމެންޓަށް ސަރުކާރުން 200 މިލިއަން ރުފިޔާ އިންޖެކްޓް ކުރިކަމަށެވެ. އަދި 2020 ވަނަ އަހަރު ވެސް ސަރުކާރުން ވެދިން އެހީތެރިކަމާއެކު މިހާރު ކުންފުންޏަށް ފައިދާވާނެ ކަމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަމަށެވެ. ކޮވިޑްގެ ސަބަބުން ދަތުރުތައް ހުއްޓި ފައިދާ ނުވި ނަމަވެސް މުވައްޒަފުން ވަކި ނުކޮށް ގައުމީ ޚިދުމަތުގައި އޮވެވުނީ ސަރުކާރުގެ އެހީތެރިކަމާއެކު ކަމުގައި ވިދާޅުވިއެވެ.

ކުންފުންޏަށް އެންމެ ބޮޑަށް ފައިދާވާ އެއްކަމަކީ ސީޕްލޭން ދަތުރުތައް ކަމަށާއި، ކޮވިޑާއެކު އެ ދަތުރުތައް ހުއްޓިފައި އޮތުމަށްފަހު މިހާރު ދަތުރުތައް އަލުން ފެށިގެން ކުރިއަށްދާ ކަމުގައި ވިދާޅުވިއެވެ. އަދި މިއަހަރު އައު މަންޒިލްތަކަށް ދަތުރު ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް