ކ. މާލެ
|
1 ޖެނުއަރީ 2022 | ހޮނިހިރު 08:30
އިސްތަންބޫލްގެ ހޮސްޕިޓަލެއްގައި ކޮވިޑް-19ގެ ބަލި މީހަކަށް ފަރުވާދެނީ
އިސްތަންބޫލްގެ ހޮސްޕިޓަލެއްގައި ކޮވިޑް-19ގެ ބަލި މީހަކަށް ފަރުވާދެނީ
ރޮއިޓަރސް
ކޮވިޑް-19 ތުރުކީގެ ހާލަތު
އޮމިކްރޯން ވޭރިއަންޓާއެކު ތުރުކީން ރިކޯޑް މިންވަރަކަށް ކޮވިޑް ކޭސްތައް ފެންނަން ފަށައިފި
 
ހެލްތު މިނިސްޓަރ ވަނީ ތުރުކީގައި އޮމިކްރޯން ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެމުންދާކަމުގެ އިންޒާރު ދެއްވާފައި
 
ހުކުރު ދުވަހު އެކަނިވެސް ވަނީ 40،786 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައި

އޮމިކްރޯން ވޭރިއަންޓާއެކު ތުރުކީގައި ކޮވިޑް-19ގެ ހާލަތު ގޯސްވާން ފަށައިފިއެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު ހުކުރު ދުވަހު އެކަނިވެސް ވަނީ 40،786 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން އެގައުމުގައި އެއް ދުވަހާ މިހާގިނައިން ކޮވިޑް-19 ޖެހިގެން ރިކޯޑް ކުރެވުނު ދުވަހެވެ.

ތުރުކީގެ ހެލްތު މިނިސްޓަރ ވަނީ ތުރުކީގައި އޮމިކްރޯން ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެމުންދާކަމުގެ އިންޒާރު ދެއްވާފައެވެ. ވަކިން ޚާއްސަކޮށް އައު އަހަރު ފާހަގަކުރުމުގެ ކަންކަން ކުރިޔަށްދާއިރު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު އެކަމަށް ސަމާލުކަންދޭން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ ފަހްރެތިން ކުރެއްވި ޓްވީޓެއްގައި އައު އަހަރުގެ އިންޒާރުކަމަށް ވިދާޅުވެފައިވަނީ އައު އަހަރު ފާހަގަކުރުމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނެތް ނަމަވެސް ފިޔަވަޅުތައް އަޅާފައި ހުރިކަމަށް ބަލައިގެން އައު އަހަރު ފާހަގަކުރުމުގެ ކަންކަން ކުރިޔަށްގެންދިޔުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ތުރުކީގައި އަލަށް ފެންނަ ކޭސްތަކުގެ އަދަދު ވަނީ މީގެ ހަފްތާއަކާ އަޅާބަލާއިރު ދެ ގުނަވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް