ކ. މާލެ
|
28 ޑިސެންބަރ 2021 | އަންގާރަ 09:36
ގްރާންޑް މިއުޒިއަމްގެ ކުރެހުމެއް
ގްރާންޑް މިއުޒިއަމްގެ ކުރެހުމެއް
ގްލޯބަލް ޓައިމްސް
ދާރުލް އާސާރު
ދުނިޔޭގެ އެންމެ ބޮޑު ދާރުލްއާސާރު މިސްރުގައި ހުޅުވުމަށް ތައްޔާރުވެއްޖެ
މިއުޒިއަމް ހުޅުވާނީ އަންނަ އަހަރު
މިއުޒިއަމް ހުޅުވުން ލަސްވީ ކޮވިޑްގެ ސަބަބުން

ދުނިޔޭގެ އެންމެ ބޮޑު ދާރުލްއާސާރު މިސްރުގައި ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

މި ތަނަކީ މިސްރުގެ ގަދީމީ ތާރީޚު ދައްކުވައިދޭ ގޮތަށް ފަރުމާ ކޮށްފައިވާ ތަނެކެވެ. އަންނަ އަހަރު ހުޅުވުމަށް ތައްޔާރުވެފައިވާ މި ދާރުލްއާސާރު ހުޅުވުމަށް ހަމަޖެހިފައިވަނީ، މަޝްހޫރު ގިޒާ ޕިރަމިޑް ކައިރީގައެވެ.

ގާތްގަނޑަކަށް 117 އޭކަރުގެ ސަރަހައްދަކަށް ފެތުރިފައިވާ "ގްރޭންޑް މިއުޒިއަމް" ހުޅުވުން ފަސްކުރެވިފައިވަނީ ކޮވިޑްގެ ސަބަބުންނެވެ. އެހެންނަމަވެސް، މިސްރުގެ ސުޕްރީމް ކައުންސިލް އޮފް އެންޓިކުއިޓީސްގެ ސެކެޓްރީ ޖެނެރަލް މުސްތަފާ ވަޒީރީއާ ހަވާލާދީ މިހާރު ރިޕޯޓުކޮށްފައިވާ ގޮތުން މިތަން އަންނަ އަހަރުގެ ފަހު ހަމަސް ދުވަހުގެ ތެރޭގައި ހުޅުވާނެއެވެ. މި ދާރުލް އާސާރުގެ އިމާާރާތުގެ މަސައްކަތް އެކީ ނިންމާލެވިފައިވާއިރު، މިހާރު ކުރިޔަށްދަނީ ޑިސްޕްލޭ އޭރިއާގެ މަސައްކަތްތަކެވެ.

މިސްރުގައި މިހާރު ފެންނާންހުރި ތަކެއްޗަކީ، ބިމު އަޑީގައި ރައްކާކުރެވިފައި ހުރި އާސާރީ ތަކެތީގެ 40 އިންސައްތައަށްވުރެ ވެސް މަދު ތަކެތި ކަމަށާއި، މިހާރުވެސް އެކި ހިސާބުތަކުގައި މިސަރަހައްދުގައި އާސާރީ ތަރިކަތައް ހޯދުމުގެ މަސައްކަތް އެބަ ކުރިޔަށްގެންދާ ކަމަށް މުސްތަފާ ވިދާޅުވެފައިވެއެވެ. އަދި ލުޒޯ، މިންޔާ، ސިހާގް، ސައްޤާރު، ކައިރޯ އަދި މީގެ އިތުރުން އަދި މިސްރުގެ އެހެން ސަރަހައްދުތަކުން މިހާރު ވެސް ވަނީ ދުނިޔެއަށް ހައިރާންކަން ގެނުވާފައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް