Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
23 ޑިސެންބަރ 2021 | ބުރާސްފަތި 16:08
މޯލްޑިވް ގޭސްއިން ކޭއާރްއެޗްއަށް އޮކްސިޖަން ރެގިއުލޭޓަރު ހަދިޔާ ކުރުން
މޯލްޑިވް ގޭސްއިން ކޭއާރްއެޗްއަށް އޮކްސިޖަން ރެގިއުލޭޓަރު ހަދިޔާ ކުރުން
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
އޮކްސިޖަން ރެގިއުލޭޓަރު ހަދިޔާކުރުން
މޯލްޑިވް ގޭސްއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އޮކްސިޖަން ރެގިއުލޭޓަރު ހަދިޔާ ކޮށްފި
މޯލްޑިވް ގޭސްގެ ފަރާތުން ހަދިޔާ ކުރީ 10 އޮކްސިޖަން ރެގިއުލޭޓަރު

މޯލްޑިވް ގޭސްއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އޮކްސިޖަން ރެގިއުލޭޓަރު ހަދިޔާ ކޮށްފިއެވެ.

އެހޮސްޕިޓަލުން މައުލޫމާތު ދެއްވިގޮތުގައި މޯލްޑިވް ގޭސްގެ ފަރާތުން ހަދިޔާ ކުރީ 10 އޮކްސިޖަން ރެގިއުލޭޓަރެވެ. މި އެހީއަށްޓަކައި ކޭއާރްއެޗުން ވަނީ މޯލްޑިވް ގޭސްއަށް ޝުކުރު އަދާ ކޮށްފައެވެ.

އޮކްސިޖަން ރެގިއުލޭޓަރަކީ، އޮކްސިޖަން މަދުން ލިބޭ ވަގުތު ބަލި މީހުންނަށް އޮކްސިޖަން ފޯރުކޮށްދިނުމުގައި ބޭނުންކުރާ އެއްޗެކެވެ. މީގެ ސަބަބުން އޮކްސިޖަން ހަށިގަނޑަށް ފޯރުކޮށްދިނުން ފަސޭހަވެ، ނޭވާލުން ސްޓޭބަލް ކޮށްދެއެވެ.

Advertisement

ކޯވިޑް-19ޖެހޭ ބައެއް މީހުންނަށް އޮކްސިޖަން ލިބުމުގައި ދަތިވާއިރު، މިފަދަ ތަކެތި ހޮސްޕިޓަލުތަކުގައި ހުރުމަކީ މުހިންމުކަމެކެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ޑޮކްޓަރަށް ދައްކަން ދާ ހޮސްޕިޓަލެކެވެ. ކޯވިޑާ ގުޅިގެން އެ ހޮސްޕިޓަލުގެ ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އަދި މި ހޮސްޕިޓަލުން ވަނީ އާ ގިނަ ޚިދުމަތްތަކެއް ތައާރަފްކޮށް، އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް