Advertisement
ކ. މާލެ
|
22 ޑިސެންބަރ 2021 | ބުދަ 18:51
ސިންގަޕޯރ އެއަރލައިން
ސިންގަޕޯރ އެއަރލައިން
ބިޒްނަސް އިންސައިޑަރ
ވެކްސިނޭޓެޑް ޓްރެވަލް ލޭން
އޮމިކްރޯން ވޭރިއަންޓާ ގުޅިގެން "ވެކްސިނޭޓެޑް ޓްރެވަލް ލޭން"ގެ ދަށުން، ޓިކެޓް ވިއްކުން މެދުކަނޑާލަން ސިންގަޕޫރުން ނިންމައިފި
އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ސިންގަޕޫރު ސަރުކާރުން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާއިރު، އެކަން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވަނީ އަންގާފައި
22 ޑިސެމްބަރު ވާ ބުދަ ދުވަހުގެ 23:59ން ފެށިގެން 20 ޖެނުއަރީ 2020ގެ ނިޔަލަށް، ވީ.ޓީ.އެލް.އަށް ޚާއްޞަކުރެވިފައިވާ ފްލައިޓުތަކުން ޓިކެޓް ވިއްކުން ހުއްޓާލަން ވަނީ ނިންމާފައި
"އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން މި ފިޔަވަޅުތައް މުރާޖައާ ކުރަމުން ގެންދާނެ

ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ސިންގަޕޫރަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ "ވެކްސިނޭޓެޑް ޓްރެވަލް ލޭން" ވީ.ޓީ.އެލް.ގެ އިންތިޒާމުގެ ދަށުން ޓިކެޓް ވިއްކުން ވަގުތީ ގޮތުން މެދުކަނޑާލަން ސިންގަޕޫރުން ނިންމައިފިއެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ސިންގަޕޫރު ސަރުކާރުން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާއިރު, އެކަން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް އަންގާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ސިންގަޕޫރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ:

-22 ޑިސެމްބަރު ވާ ބުދަ ދުވަހުގެ 23:59ން ފެށިގެން 20 ޖެނުއަރީ 2020ގެ 23:59 (ސިންގަޕޫރު ގަޑިން)ގެ ނިޔަލަށް އެ މުއްދަތުގައި ދަތުރުކުރާގޮތަށް ވީ.ޓީ.އެލް.އަށް ޚާއްޞަކުރެވިފައިވާ ފްލައިޓުތަކުން ޓިކެޓް ވިއްކުން ހުއްޓާލުން. މި މުއްދަތުގައިވެސް، 21 ޖެނުއަރީ 2022ގެ ފަހުން ދަތުރުކުރާ ގޮތަށް މި ފްލައިޓުތަކުން ޓިކެޓް ވިއްކުމަށާއި، ނަމަވެސް ވިއްކާ ޓިކެޓުގެ އަދަދު %50 އިންސައްތަ މަދުކުރުން.

Advertisement

- 22 ޑިސެމްބަރ ވާ ބުދަ ދުވަހުގެ ސިންގަޕޫރު ގަޑިން 23:59ގެ ކުރިން ވީ.ޓީ.އެލް ފްލައިޓުތަކުން ޓިކެޓް ނަގާފައިވާ، ވީ.ޓީ.އެލް.ގެ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރު ކުރެވުން.

އެހެންކަމުން ދިވެހިރާއްޖެއިން ސިންގަޕޫރަށް ދަތުރުކުރަން ޓިކެޓް ނަގާފައިވާ ފަރާތްތަކާއި އެ ޤައުމަށް ދަތުރުކުރަން ޤަޞްދުކުރާ ފަރާތްތަކުގެ މިފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މިފިޔަވަޅުތަކަކީ ވީޓީއެލް އިންތިޒާމު ހުއްޓާލުން ނޫންކަމަށާއި، "އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން މި ފިޔަވަޅުތައް މުރާޖައާ ކުރަމުން ގެންދާނެކަން ސިންގަޕޫރުގެ ސަރުކާރުން އަންގާފައިިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ސިންގަޕޫރަށް ދަތުރުކުރުމަށްފަހު ކަރަންޓީންވާން ނުޖެހޭ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އަރާފައިވަނީ ހުސްވި ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. ވީޓީއެލްގެ ދަށުން، ކަރަންޓީނުވުމަކާ ނުލައި ރާއްޖެއާ ސިންގަޕޫރާ ދެމެދު ދަތުރުތައް ފަށާފައިވަނީ މިމަހު 16 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް