އިންޑިއާ ކަނޑުން ޗައިނާގެ މަސްވެރިން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ މަސްވެރިން އިންޑިއާ ކަނޑުން ހިމާޔާތްކޮށްފައިވާ މަސް ހިފާކަމުގެ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. އިންޑިއާ ކަނޑުން ޗައިނާގެ މަސްވެރިން ހިފާ މަހުގެ ތެރޭގައި މިޔަރުވެސް ހިމެނެއެވެ.
މީގެ ކުރިންވެސް ޗައިނާގެ މަސްވެރިން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސް ހިފާކަމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.