ކ. މާލެ
|
17 ޑިސެންބަރ 2021 | ހުކުރު 10:50
ހުޅުމާލޭގައި ހިންގަމުންދާ ގެސްޓްހައުސްތަކެއް،
ހުޅުމާލޭގައި ހިންގަމުންދާ ގެސްޓްހައުސްތަކެއް،
ރާއްޖެއެމްވީ
ޓޫރިޒަމް ވިޔަފާރިއަށް ދޫކުރާ ފައިސާ
ޓޫރިޒަމް ވިޔަފާރިތަކަށް ހިލޭ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
 
އޮޕަރޭޓް ކުރާ އެނދަކަށް 2,453.76 ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައިވޭ
 
ހިލޭ އެހީ ޚާއްސަ ކުރެވިފައިވަނީ ގެސްޓްހައުސްތަކާއި ސަފާރީތަކަށް
 
ރާއްޖޭގައި ވިލުންވެރި އަދި ސިންދަފާތު ކުރެވިފައިވާ އިޤްތިޞާދެއް ގާއިމްކުރުމަކީ އަމާޒެއް

އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސްގެ ދަށުން ހަދިޔާކޮށްފައިވާ 2 މިލިއަން ޔޫރޯގެ ތެރެއިން 1.4 މިލިއަން ޔޫރޯގެ ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެގެން ދިޔަ ގޮންޖެހުންތަކުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ''އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަމޯލްޑިވްސް''ގެ ދަށުން ހަދިޔާ ކޮށްފައިވާ 2 މިލިއަން ޔޫރޯގެ ތެރެއިން 1.4 މިލިއަން ޔޫރޯގެ ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން 15 ޑިސެންބަރު 2021 ވީ ބުދަ ދުވަހު ހުޅުވާލާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓުގެ މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގައި ވިލުންވެރި އަދި ސިންދަފާތު ކުރެވިފައިވާ އިޤްތިޞާދެއް ގާއިމްކުރުން ކަމަށެވެ. އެގޮތުން މި ހިލޭ އެހީ ޚާއްސަ ކުރެވިފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުންދާ ގެސްޓްހައުސްތަކާއި ސަފާރީތަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބުނީ ޝަރުތުހަމަވާ ވިޔަފާރިތަކުން އޮޕަރޭޓް ކުރާ އެނދަކަށް 2,453.76 ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހީއަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ "އީޔޫ ސަޕޯޓް" އޮންލައިން ޕޯޓަލް /htps://eusupport_mfmc.mv މެދުވެރިކޮށެވެ.

އެހީއަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ ޝަރުތުތަކަކީ އަމިއްލަ ފަރުދެއް، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ޕާޓްނަރޝިޕް ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ވިޔަފާރިއަކަށްވުމާއެކު، ގެސްޓްހައުސްއެއް ނުވަތަ ސަފާރީއެއް އޮޕަރޭޓް ކުރަމުންދިޔުން ހިމެނެއެވެ. އަދި ގެސްޓްހައުސް ނުވަތަ ސަފާރީ ހިންގުމުގެ ޞައްޙަ ލައިސެންސެއް ޑިސެންބަރު 2015، ޖަނަވަރީ 2020 ނުވަތަ ފެބުރުވަރީ 2020ގައި ލިބިފައިވާ މީހެއް ކަމުގައިވާން ޖެހެއެވެ. މީގެ އިތުރުން ގެސްޓްހައުސް ނުވަތަ ސަފާރީ ވިޔަފާރީގެ އެނދުގެ އަދަދު 40 އަށްވުރެ އިތުރުވެގެން ނުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެޕްލިކޭޝަން ފުރިހަމަ ކުރުމަށްފަހު ހުރިހާ މައުލޫމާތަކާއި ޑޮކިއުމަންޓުތައް އެޕްލިކޭޝަންގެ ސުންގަޑީގެ ކުރިން ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން އެދިފައިވެއެވެ. އަދި ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވަނީ އެޕްލިކޭޝަން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
100%
ކޮމެންޓް