Advertisement
ކ. މާލެ
|
15 ޑިސެންބަރ 2021 | ބުދަ 21:35
ކޮވިޑުގައި ނިޔާވާ މީހުން ވަޅުލުމަށް ޚާއްސަ ކުރެވިފައިވާ ހުޅުމާލެ ސަހަރާ
ކޮވިޑުގައި ނިޔާވާ މީހުން ވަޅުލުމަށް ޚާއްސަ ކުރެވިފައިވާ ހުޅުމާލެ ސަހަރާ
ރާއްޖެއެމްވީ
ކޮވިޑް ޖެހިގެން މީހަކު ނިޔާވުން
ކޮވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ
އެމީހާ ނިޔާވެފައިވަނީ ބުދަ ދުވަހު ހެނދުނު 10:30ގައި
މިއާއެކު ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ ވަނީ 259އަށް އަރާފައި
ނިޔާވީ 62 އަހަރުގެ ފިރިހެނެއް

ކޮވިޑް-19ށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ނިޔާވެފައިވަނީ ހއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދިޔަ 62 އަހަރު ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ ބުދަ ދުވަހު ހެނދުނު 10:30ގައި ކަަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement

މިއާއެކު ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ ވަނީ 259އަށް އަރާފައެވެ.

ބުރާސްފަތި ދުވަހު އިތުރު މީހަކު ނިޔާވެފައިވާއިރު، މިމަހުގެ 11ވީ ހޮނިހިރު ދުވަހު އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 83 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވެއެވެ. އަދި މިމަހުގެ 10ވީ ހުކުރު ދުވަހުވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހުގެ ނިޔަލަށް 93،370 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. 91،118 މީހުން ބަލިން ރަނގަޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް