ކ. މާލެ
|
14 ޑިސެންބަރ 2021 | އަންގާރަ 22:45
ޗައިނާގައި ކޮވިޑް-19އަށް ޓެސްޓްކުރަނީ
ޗައިނާގައި ކޮވިޑް-19އަށް ޓެސްޓްކުރަނީ
އަލްޖަޒީރާ
ކޮވިޑް-19، ޗައިނާގެ ހާލަތު
ޗައިނާއިން އޮމިކްރޯން ވޭރިއަންޓް ފެނުމާއެކު ފިޔަވަޅުތައް ވަރުގަދަކޮށްފި
ޗައިނާގެ ބައެއް ސިޓީތަކުގައި ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައި
އޮމިކްރޯން ވޭރިއަންޓް ޖެހިފައިވާ މީހާއަކީ ޑިސެމްބަރ މަހުގެ 9 ވަނަ ދުވަހު ޗައިނާއަށް އެތެރެވި މީހެއް

ތަކެތި އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޗައިނާގެ ޕްރޮވިންސް ކަމުގައިވާ ޒީޖުއާންގއިން ކޮވިޑް-19ގެ ކޭސްތައް ފެނި އެސަރަހައްދުގައި ދިރިއުޅެމުންދާ އެތައް ހާސް ބަޔަކު ކަރަންޓީނުކޮށްފައިވާއިރު ވިޔަފާރިތަކާއި ފްލައިޓް ދަތުރުތައް މެދުކަނޑާލައިފިއެވެ.

މިޕްރޮވިންސްގައި މިއަހަރު ފުރަތަމަ ފަހަރަށް ކޭސްތައް ފެނިފައިވާއިރު ޗައިނާގެ އުތުރުގައި އޮންނަ ޓިންޖިން ޕޯޓު ސިޓީން ވަނީ ފުރަތަމަ ފަހަރަށް އޮމިކްރޯން ވޭރިއަންޓް ފެނިފައެވެ. އޮމިކްރޯން ވޭރިއަންޓް ޖެހިފައިވާ މިމީހާއަކީ ޑިސެމްބަރ މަހުގެ 9 ވަނަ ދުވަހު ޗައިނާއަށް އެތެރެވި މީހެކެވެ. އެމީހާއަށް މިހާރު އަންނަނީ ހޮސްޕިޓަލްގައި އެކަހެރިކޮށްގެން ފަރުވާދެމުންނެވެ.

ޗައިނާގެ ބައެއް ސިޓީތަކުގައި ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. ނަމަވެސް މުޅި ޗައިނާގެ ހާލަތު ރަނގަޅުކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ވަނީ ބުނެފައެވެ.

އަލަށް ފެންނަ ކޭސްތަކުގެ ތެރޭގައި ޑެލްޓާ ވޭރިއަންޓް ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.

ޗައިނާގައި ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހާ ހަމައަށް އައިއިރު 99،780 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި 4636 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް