ކ. މާލެ
|
14 ޑިސެންބަރ 2021 | އަންގާރަ 20:34
ތެޔޮ އުފައްދުމުގެ މަސައްކަތްކުރަނީ
ތެޔޮ އުފައްދުމުގެ މަސައްކަތްކުރަނީ
ސްކައި ނިއުސް
ތެލުގެ ޑިމާންޑް
މިއަންނަ އަހަރު ތެލުގެ ޑިމާންޑް ވަރަށް ބޮޑުތަން އިތުރުވާނެ
މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި، ދުވާލެއްގެ މައްޗަށް 99.13 މިލިއަން ފީފާއަށް އަރާނެކަމަށް އޮޕެކުން ބުނޭ

ކުރިއަށްއޮތް 2022 ވަނަ އަހަރު, ދުނިޔޭގެ ތެލުގެ ޑިމާންޑް ވަރަށް ބޮޑުތަން އިތުރުވާނެކަމަށް، އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯރޓިންގް ކަންޓްރީސް (އޮޕެކް)ގެ ދިރާސާތަކުން ދައްކައިފިއެވެ.

އޮޕެކުން ނެރުނު ރިޕޯޓުން ދައްކާ ގޮތުން ސައޫދީއާއި އިރާގުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމާ ގުޅިގެން، ފާއިތުވި ނޮވެމްބަރުމަހު ތެޔޮ އުފައްދާފައިވާ މިންވަރު ވަނީ ދުވާލަކު 290،000 ފީފާ އިތުރުވެފައެވެ. މިއާއެކު ދުނިޔޭގައި ދުވާލެއްގެ މައްޗަށް ތެޔޮ އުފައްދާ މިންވަރު 27.72 މިލިއަން ފީފާއަށް އަރާފައި ވާއިރު، މިއަންނަ އަހަރުގެ ތެރޭގައި މިއަދަދު 28.8ށް އަރާނެކަމަށް އޮޕެކުން ލަފާކުރެއެވެ.

މީގެ ކުރިން އަންދާޒާ ކުރެވުނު ގޮތާ ޚިލާފަށް މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ދުވާލެއްގެ މައްޗަށް 99.13 މިލިއަން ފީފާއަށް އަރާނެކަމަށް އޮޕެކުން ބުނެއެވެ. މިއީ މީގެ ކުރިން އޮޕެކުން ލަފާކޮށްފައިވާ ވަރަށްވުރެ 1.11 މިލިއަން ފީފާގެ ކުރިއެރުމެކެވެ. އަދި މިއަންނަ އަހަރު ނިމޭއިރު ދުނިޔޭގައި ތެލުގެ ޑިމާންޑު ދުވާލަކު 100 މިލިއަން ފީފާއަށް އަރާނެކަމަށް އޮޕެކުން ލަފާކޮށްފައި ވާއިރު، މި އަދަދަށް އެންމެ ފަހުން ތެޔޮ ބޭނުންކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ.

މީގެ އިތުރުން އޮޕެކާއި، އެކުވެރި ގައުމުތައް ހިމެނޭ އޮޕެކް ޕްލަސްއިން ވަނީ ކޮވިޑާ ގުޅިގެން ތެޔޮ އުފައްދާ މިންވަރު ރިކޯޑު އަދަދަދުތަކުން މަދުކުރި ކުރުން އަލުން އިޔާދަކޮށްފައެވެ. އެގޮތުން މިއަންނަ ޖެނުއަރީ މަހުގެ ތެރޭގައި ތެޔޮ އުފައްދާ މިންވަރު ދުވާލަކު 400،000 ފީފާ އިތުރުކުރުމަށް، އޮޕެކުން މިމަހުގެ ކުރީކޮޅު ބޭއްވި ބައްދަލުވުމެއްގައި ވަނީ ނިންމާފައެވެ.

- ކޮމެންޓް