ކ. މާލެ
|
13 ޑިސެންބަރ 2021 | ހޯމަ 11:35
މޫސާ އަލިމަނިކު - އާރްޑީސީގެ އެމްޑީ
މޫސާ އަލިމަނިކު - އާރްޑީސީގެ އެމްޑީ
ރާއްޖެއެމްވީ
ޕީޕީއެމުން އާއްމުކުރި ފުލުހުންގެ ފޭކް ރިޕޯޓް
"ޔާމީންގެ ޠަބީޢަތަކީވެސް އޮޅުވާލުމާއި ޚިޔާނާތްތެރިވުން"
ކުރީގެ ސްޓޭމްޕުގައި ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ" މޯލްޑިވްސް ޕޮލިސް ސަރވިސް"
ގަވާއިދާ ޚިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުމެއް ކަމަށްވާތީ އެ މައްސަލަ އެޚިދުމަތުން ތަހުގީގު ކުރާނެ
ކުރިން ހީހީފައި ދެއްކީ، ފާހަގަ ދެވަނަ ގޮޅިއަށް ފުންމާ ވާހަކަ

ޔާމީންގެ ޠަބީޢަތަކީވެސް އޮޅުވާލުމާއި ޚިޔާނާތްތެރިވުން ކަމަށް ރޯޑް ޑިވެލޮޕމެންޓް ކޯޕަރޭޝަން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގީ ރިޕޯޓެއް ކަމަށް ބުނެ، އާއްމުކޮށްފައިވާ ލިޔުމާ ގުލޭ ގޮތުން މޫކޭ ވިދާޅުވީ، ޕީޕީއެމުން ކުރިން ހީހީފައި ދެއްކީ، ފާހަގަ ދެވަނަ ގޮޅިއަށް ފުންމާ ވާހަކަ ކަމަށާއި، މީހާރު އަނެއްކާ ފޭކު ރިޕޯޓެއްގެ ވާހަކަ ކަމަށެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލީ ގޮތުގެ ހަނދާން އެންމެން ވެސް ހުންނާނެ ކަމަށާއި، އޮޅުވާލެވޭތޯ ކުރިކަމެއް ކުރީ މުލިއާގޭގައި ހުރި އޮފީހުން ޕީޕީއެމް ކުދިންކޮޅު ކަމަށެވެެ.

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގީ ރިޕޯޓެއް ކަމަށް ބުނެ، އާއްމުކޮށްފައިވާ ލިޔުމަކީ ފުލުހުންގެ މުއައްސަސާގެ ލިޔުމެއް ނޫންކަމަށް އެ މުއައްސަސާއިންވެސް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، ލިޔުމުގައި ބޭނުންކޮށްފައިވާ ފޯމެޓާއި ބޭނުންކޮށްފައިވާ ސްޓޭމްޕުގައި ފުށުއެރުންތަކެއް ހުރިކަމަށެވެ. ސްޓޭމްޕުގައި ފުލުހުންގެ މުއައްސަސާގެ ނަން ކަމަށް ބޭނުންކޮށްފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް" މި ނަމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ފުލުހުން ބޭނުންކުރަމުން އަންނަ ނަމެއް ކަމަށެވެ. އަދި ކުރީގެ ސްޓޭމްޕުގައި ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ" މޯލްޑިވްސް ޕޮލިސް ސަރވިސް" ކަމަށެވެ.

އެހެންކަމުން، މިއީ ރައްޔިތުންގެ ހިތުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ބޭނުމުގައި ހަދާފައިވާ ލިޔުމެއް ކަމަށް ފުލުހުން ބުނެއެވެ.

އެލިޔުމަކީ ގަވާއިދާ ޚިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުމެއް ކަމަށްވާތީ އެ މައްސަލަ އެޚިދުމަތުން ތަހުގީގު ކުރާނެ ކަމަށް ބުނެފައިވެއެވެ.

- ކޮމެންޓް