ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަޖޭ ދޭވްގަން އާއި އާއިލާ ރާއްޖެ އައިސްފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި އަޖޭ އާއެކު އޭނާގެ އަންހެނުން އަދި ފިލްމީ ތަރި ކާޖޮލް އާއި އާއިލާ ވަނީ އައިސްފައިވެއެވެ. އަޖޭ އާއި އޭނާގެ އާއިލާ ރާއްޖެ އައިސްފައިވަނީ އާދީއްތަދުވަހުގައެވެ. މީގެ ކުރިން ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ މި ދަތުރުގައި އަޖޭ އާއި ކާޖޮލްގެ އިތުރުން އެމީހުންގެ ދެ ދަރިން ކަމަށްވާ ނައިސާ އާއި ޔުގް އަދި އަޖޭގެ ދެ ކޮއްކޮއެއް ބައިވެރިވާނެ ކަމަށެވެ.
އަޖޭ މާލެ އައިސްފިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި އަޖޭ ފެންނަނީ ބައެއްގެ ތެރޭގައި ވާހަކަ ދައްކަން ހުއްޓައެވެ. ބެލެވޭ ގޮތުގައިއ އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ.
މީގެ ކުރިން އިންޑީއާގެ ނޫހެއްކަމަށްވާ ޓައިމްސް އޮފް އިންޑިއާގައިވެސް ވަނީ އަޖޭ އާއި ކާޖޮލް އެދެމީހުންގެ އާއިލާއާއި އެކީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ ވަރަށް އަވަހަށް އަންނަން ހަމަޖެހިފައިވާކަމަށް ބުނެފައެވެ. އަދި އެނޫހަށް މައުލޫމާތު ދިން މީހަކު ބުނިކަމަށް އެނޫހުގައިވަނީ އެދެމީހުންނާއި އާއިލާ މާލެ އަންނާނީ މެއި 28 ވަނަ ދުވަހުގައިކަމަށެވެ. އަދި ރާއްޖޭގައި 10-12 ދުވަސް ހޭދަކުރާނެ ކަމަށްވެ އެވެ.
އަޖޭގެ އާއިލާ ރާއްޖެ އައިސްފައި ވީނަމަވެސް ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ.