ކ. މާލެ
|
29 މެއި 2017 | ހޯމަ 16:00
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުން
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުން
ޓްވިޓަރ
ބޯޓް އެންޑް ޑައިވް ޝޯވް
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި
މިޝޯވް ބާއްވަނީ 2018 މާރޗު 21-22 ހުޅުމާލޭގައި

މޯލްޑިވްސް ގޭޓްއަވޭސްއިން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވާން ފަށައިފި އެވެ.

 

2018 މާރޗު 21-22 ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ބޯޓް އެންޑް ޑައިވް ޝޯވްއަކީ މިގޮތަށް ބާއްވާ އެންމެ ފުރަތަމަ އިވެންޓް ކަމަށްވާއިރު، ސިންގަޕޯ ޔޮޓް އެންޑް ޑައިވް ޝޯވްއަށް ވުރެ ފެންވަރު ރަނގަޅުކޮށް ބޭއްވުމަށް ކަމަށް ގޭޓްއަވޭސްއިން ބުންޏެވެ.

 

ސިންގަޕޯ ޔޮޓް ޝޯވްގައި އެ ދާއިރާގެ އެންމެ މަތީ ފަންތީގެ މީހުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުޞަތާއި، ބޯޓް އޯނަރުންނާއި ދައުވަތު ދެވިގެން އަންނަ ފަރާތްތަކަށް ލަގްޒަރީކޮށް ފަރުމާކޮށްފައިވާ ޔޮޓް ފަހަރު ދައްކާލާ ތަޖްރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދެއެވެ.

 

އެގޮތުން ރާއްޖޭގައި ބާއްވާ މި ބޯޓް އެންޑް ޑައިވް ޝޯވްއަށް ހާއްސަކޮށްގެން ފަރުމާކުރާ ވަގުތީ މެރީނާއެއް ހުންނާނެ ކަމަށާއި  އެގޮތުން 100 އަށް ވުރެ ގިނަ އުޅަނދު ދައްކާލުމަށް ބަހައްޓާފައި ހުންނަ ކަމަށް ގޭޓްވޭސްއިން ބުންޏެވެ.

 

މިއިވެންޓަކީ ހާއްސަކޮށް ދައުވަތުދީގެން މެރިން އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުން ބައިވެރިވާނެ އިވެންޓަކަށްވެގެންދާއިރު، އެންމެ ފުރަތަމަ ބާއްވާ ޑައިވާ ސަމިޓްވެސް މި ޝޯވްގެ ތެރެއިން ކުރިއަށްދާނެއެވެ.

 

އެގޮތުން މިދާއިރާގެ ތަޖްރިބާކާރުންނާއި އެކު ރާއްޖޭގައި ޑައިވިން ޓުއަރިޒަމްއަށް އޮތް ފުރުޞަތުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެންދާނެ އެވެ.

 

އަދި ރާއްޖެއަކީ ބޯޓިން ޑެސްޑިނޭޝަންއެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް މެރިން އިންޑަސްޓްރީގެ ޕްރޮފެޝަނަލުން ބައިވެރިވާ ފޯރަމެއްވެސް ކުރިއަށްދާނެ އެވެ.

 

ދުބާއި ސިންގަޕޯ ފަދަ ތަންތަނަކީ އެގައުމުތަކުގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް އަމިއްލަ ބޯޓް ޝޯވްތަކެއް ބާއްވަމުންދާ ގައުމުތަކެއް ކަމަށްވާއިރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓުއަރިޒަމް އޮތް އިރު ރާއްޖޭގައިވެސް އަމިއްލަ އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްއެއް ބޭއްވުން ރާއްޖެއަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ގޭޓްއަވޭސްއިން ބުންޏެވެ.

 

ސުކޫބާ ޑައިވިންއަށް ދުނިޔޭގައިވެސް އޮތް އެންމެ ރަނގަޅު ޑެސްޓިނޭޝަންއަކީ ރާއްޖެއެވެ.

- ކޮމެންޓް