Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
10 ޑިސެންބަރ 2021 | ހުކުރު 23:07
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޑިނަރ ނައިޓްގައި މޭޔަރ އާތިފް ވާހަކަ ދައްކަވަނީ
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޑިނަރ ނައިޓްގައި މޭޔަރ އާތިފް ވާހަކަ ދައްކަވަނީ
އުއްމު ކުލްސޫމް އިބްރާހިމް
މަސްވެރިންގެ ދުވަހުގެ ޑިނަރ ނައިޓް
ކުޅުދުއްފުށީގައި 50 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރަނީ
ކުޅުދުއްފުށި ސިޓީގައި ގާއިމު ކުރުމަށް ހަމަޖެހިފައިވަނީ 50 ޓަނުގެ އައިސް ޕްލާންޓެއް
2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ފެށޭނެ

އަންނަ އަހަރު ކުޅުދުއްފުށި ސިޓީގައި 50 ޓަނުގެ އައިސް ޕްލާންޓެއް ގާއިމު ކުރާނެކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހު ރޭ މަސްވެރިންނަށް ބޭއްވި ޑިނަރ ނައިޓްގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، އައިސް ޕްލާންޓަކީ ފެނަކަ އާއި ސިޓީ ކައުންސިލާ ގުޅިގެން ގާއިމުކުރަން ހަމަޖެހިފައިވާ އައިސް ޕްލާންޓެއް ކަމަށެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގައި 50 ޓަނުގެ އައިސް ޕްލާންޓް ގާއިމް ކުރަނީ 100 ޓަނުގެ ސްޓޯރޭޖަކާއެކު ކަމަށް އާތިފް ވިދާޅުވިއެވެ.

Advertisement

އައިސް ޕްލާންޓްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފެށޭނެކަމުގެ ޔަގީންކަން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ދެއްވާފައިވާކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި މި އައިސް ޕްލާންޓް ވެގެންދާނީ އުތުރުގައި ގާއިމުކުރެވޭ އެންމެ ރަނގަޅު އައިސް ޕްލާންޓަށް ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިސް ޕްލާންޓް ގާއިމުކުރުމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުއްލަތީފްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށާއި އެހެންކަމުން މެމްބަރު ޔާސިރައަށާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީއަށް މޭޔަރު ޝުކުރުއަދާކުރެއްވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް
11 ޑިސެންބަރ 2021 | ހޮނިހިރު 12:24
ޖަމީލު
ސާބަހޭ މޭޔަރު… 4 ސިޓީގެ ތެރެއިން ކުޅުދުއްފުށި ސިޓީ ކައުންސިލް ވަރަށް ވަރުގަދަޔަށް މަސައްކަތް ކުރާތަން އެބަ ފެނޭ