ކ. މާލެ
|
8 ޑިސެންބަރ 2021 | ބުދަ 14:58
އިންޑިއާގެ ސިފައިން
އިންޑިއާގެ ސިފައިން
ރޮއިޓަރސް
އިންޑިއާ - ރަޝިޔާގެ ގުޅުން
އިންޑިއާ އާއި ރަޝިޔާއިން އަސްކަރީ ގުޅުން ވަރުގަދަ ކުރަނީ
މީގެ ކުރިން ޗައިނާއިން ވެސް ވަނީ ރަޝިޔާއާއެކު އަސްކަރީ ގުޅުން ވަރުގަދަ ކުރުމަށް ނިންމާފައި

އިންޑިއާ އާއި ރަޝިޔާއިން އަސްކަރީ ގުޅުން ވަރުގަދަ ކުރަން ނިންމައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ނިންމުން ނިންމާފައިވަނީ ދެ ގައުމުގެ ޑިފެންސް މިނިސްޓަރުން މި މަހު ހަވަނަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި ވަނީ ދެ ގައުމުގެ އަސްކަރިއްޔާއިން ގުޅިގެން ޓްރެއިނިން ކޭމްޕުތަކާއި، ހަތިޔާރު ބަދަލުކުރުމުގެ އެއްބަސްވުންތަކަކަށް ދިޔުމަށް ނިންމާފައެވެ.

އިންޑިއާއިން ރަޝިޔާއާއެކު އަސްކަރީ ގުޅުން ބަދަހި ކުރުމަށް ނިންމާފައި މިވަނީ ވާދަވެރި ޗައިނާއިން ވެސް ރަޝިޔާއާއެކު އަސްކަރީ ގުޅުން ބަދަހި ކުރުމަށް ނިންމާފައިވަނިކޮށެވެ.

މި ނިންމުމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސާޖީ ލަވްރޯވް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ ރަޝިޔާއިން އެހެން ގައުމުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް ނިންމެވި ނިންމެވުމެއް ކަމަށާއި، މި ނިންމުމުން ފެނިގެންދަނީ ރަޝިޔާއަކީ ވާދަވެރި ގައުމުތަކާއެކުވެސް މަސައްކަތް ކުރެވޭނެ ގައުމެއް ކަމުގައި ކަމަށެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް