ކ. މާލެ
|
1 ޑިސެންބަރ 2021 | ބުދަ 13:57
ދިރާގު އިޔަރ އެނޑް ބޯނަސް ލޯންޗު ކުރުމުގެ ތެރެއިން
ދިރާގު އިޔަރ އެނޑް ބޯނަސް ލޯންޗު ކުރުމުގެ ތެރެއިން
ދިރާގު
ދިރާގު އަހަރު ނިންމާ ޕްރޮމޯޝަން
އަހަރު ނިންމުމަށް ދިރާގުން ބޯނަސް ޕްރޮމޯޝަނެއް ފަށައިފި
މި ޕްރޮމޯޝަން ކުރިއަށް ދާނީ ޑިސެމްބަރ މަހުގެ ނިޔަލަށް

އަހަރު ނިންމުމުގެ ގޮތުން 'އިޔަރ އެނޑް ބޯނަސް'ގެ ނަމުގައި ދިރާގުން ޚާއްސަ ޕްރޮމޮޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ތެރޭގައި ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް، ދިރާގު ޓީވީ އަދި މޮބައިލް އޮފަރތަކެއް ދިރާގުން ވަނީ ތައާރަފްކޮށްފައެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ފައިބަރ ކޭބަލެއް ނެތް އިމާރާތްތަކުގައި ބްރޯޑްބޭންޑް ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ކަނެކްޝަން ފީ އިން 50 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ދިރާގުން ވަނީ ނިންމާފައެވެ. އަދި ދިރާގު ފައިބަރ ކޭބަލް އަޅާފައިވާ އިމާރާތްތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރ އިން 50 އިންސައްތައިގެ ޑިސްކައުންޓްވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ފަރާތްތަކުގެ ތެރެއިން ދިރާގު ޓީވީގެ ޚިދުމަތަށް އެދޭ ފަރާތްތަކަށް މުޅިން ހިލޭ ޚިދުމަތް ގުޅައިދިނުމުގެ އިތުރުން ޓީވީގެ ޑީކޯޑަރ ވެސް ހިލޭ ދިނުމަށް ދިރާގުން ވަނި ނިންމާފައެވެ.

ހަމައެހެންމެ ދިރާގު ޓީވީގެ ގޯލްޑަންޕެކޭޖު ނަގާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3 ލިބިގެންދާނެއެވެ. އަދި ސްޓާޓަރ ޕެކޭޖަށްވުރެ މަތީ ޕެކޭޖުތައް ނަގާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 10 ފަރާތެއްގެ ޕެކޭޖުފީ ހަ މަސް ދުވަހު މުޅިން ހިލޭ ދިނުމަށް ދިރާގުހން ވަނީ ނިންމާފައެވެ.

ދިރާގު މޮބައިލް ކަސްޓަމަރުންނަން ލޯންޗު ކުރި ޕޮރޮމޯޝަންގެ ތެރޭގައި 500 ރުފިޔާއަށް ވުރެއް މަތީގެ ދިރާގު ޕޯސްޓްޕެއިޑްއެއް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭން އަކަށް އެޕްލައިކޮށްލައިގެން ތިން މަސްދުވަހަށް ކޮންމެ މަހަކު ތިން ޖީބީ ލިބެގެންދާނެއެވެ. އަދި، 500 ރުފިޔާއިން ދަށުގެ ޕްލޭންނެއް އެކްޓިވޭޓް ކުރައްވައިގެން ތިން މަސްދުވަހަށް ކޮންމެ މަހަކު އެއްޖީބީ ލިބެގެންދާނެއެވެ.

މި ޕްރޮމޯޝަންތައް ކުރިއަށްދާނީ ޑިސެމްބަރ 31 ގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް