ހދ. ކުޅުދުއްފުށި ސިޓީ
|
30 ނޮވެންބަރ 2021 | އަންގާރަ 13:31
ހދ. ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދަނީ
ހދ. ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދަނީ
ހދ.ކުމުންދޫ ކައުންސިލް
ކުމުންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު
ފެނާއި ނަރުދަމާގެ މަޝްރޫއަކީ ކުމުންދޫ ރައްޔިތުންނަށް އުފާވެރިކަން ލިބުނު މަޝްރޫއެއް
 
ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ މިހާތަނަށް ކުމުންދޫގައި ހިންގޭ އެންމެ ބޮޑު މަޝްރޫއު
 
މިއީ 102 މިލިއަން ރުފިޔާގެ މަޝްރޫއެއް

ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ފެނާއި ނަރުދަމާގެ މައްސަލައެވެ. ފެނާއި ނަރުދަމާގެ ރައްކާތެރި ނިޒާމެއް ގާއިމްވެފައި ނެތުމަކީ ރައްޔިތުންނަށް އޭގެ ސަބަބުން ވަރަށް ބޮޑެތި ދަތި އުނދަގޫތަކެއް ތަހަމަލް ކުރަން ޖެހިފައިވާ ކަމެކެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ފެން ލޮނުވެ ފެން ތަޣައްޔަރު ވުމަކީ މިކުޑަކުޑަ ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ކަމެކެވެ.

ހދ ކުމުންދޫގެ ރައްޔިތުންނަކީވެސް ފެނާއި ނަރުދަމާގެ އެކަށީގެންވާ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ބަޔަކު ދިރިއުޅޭ ރަށެކެވެ. އެގޮތުން ފެން ލޮނުވުމާއި، ވާރޭވެހޭ މޫސުމަށް ޖަންކްޝަންތައް ފުރި ބަންޑުންވެ ގޯތި ގެދޮރަށް ނަޖިސް އެޅޭ ފަހަރުވެސް އާދެއެވެ. ގިނަފަހަރަށް އެރަށުގެ ރައްޔިތުންނަށް ފެންވަރަން ސާފު ފެން ލިބުންވެސް ދަތިވާކަމަށް ރައްޔިތުން ބުނެއެވެ.

މިކަމުގެ ސަބަބުން ސިއްހީ ތަފާތު މައްސަލަތައްވެސް ކުރިމަތިވުމުގެ ބިރު ކުމުންދޫގެ ރައްޔިތުންނަށް ވަނީ ކުރިމަތިވެފައެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް މިކަމުން ނުރައްކަލެއް ކުރިމަތިވެދާނެތީ ބިރުހީވެފައި ތިބިކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ.

ސަރުކާރުން ވަނީ ރައްޔިތުންނަށް ކުރިމަތިވަމުން އަންނަ މިފަދަ ދަތި އުނދަގޫތަކަށްް ނިމުމެއް ގެނެސްދިނުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ކުމުންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ސަރުކާރުން ކުމުންދޫގައި ކުރިޔަށް ގެންދާ ފެނާއި ނަރުދަމާގެ މަސައްކަތަކީ މިހާތަނަށް ކުމުންދޫގައި ކުރިޔަށްދާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

ހދ. ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދަނީ - ހދ.ކުމުންދޫ ކައުންސިލް

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ ކުމުންދޫގައި ކުރިޔަށްދާ ފެނާއި ނަރުދަމާގެ މަސައްކަތުގެ ދަށުން ވޯޓަރ ނެޓްވޯކުގެ %66 ނިމިފައިވާއިރު ނަރުދަމާގެ މަސައްކަތުގެ %50 ނިމިފައިވާ ކަމަށެވެ. އަދި އާރޯ އެޑްމިން ބިލްޑިންގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިޔަށް ދާކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިހާރު ކުރިޔަށް ދަނީ ފެނާ ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން ކުމުންދޫގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. 102 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުން ނިންމާގޮތަށެވެ. މިމަޝްރޫއުގެ މަސައްކަތް ނިމޭއިރު އެރަށުގައި އާރޯ ޕްލާންޓެއް ގާއިމްކުރެވި ފެނާއި ނަރުދަމާގެ ޚިދުމަތް ހުރިހާ ގޭގެއަށް ލިބިގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

2000 ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ހދ ކުމުންދޫގެ ރައްޔިތުންނަށް ފެނާ ނަރުދަމާގެ، ބިޔަބޮޑު މަޝްރޫއުގެ ސަބަބުން ވަނީ އުފާވެރިކަން ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް