ކ. މާލެ
|
28 މެއި 2017 | އާދީއްތަ 18:58
ދީޕިކާ ޕަދުކޯން
ދީޕިކާ ޕަދުކޯން
ގޫގުލް
ބަދްލާޕޫރް 2
"ބަދްލާޕޫރް 2" ގައި ދިޕިކާ
މި ފިލްމު ސިނަމާތަކަށް އަންނާނެކަމަށް ބެލެވެނީ އަންނަ އަހަރުގައި

"ބަދްލާޕޫރް2" ގެ ފިލްމު ކުޅެން ދީޕިކާއަށް ލިބިއްޖެއެވެ. 2015 ވަނަ އަހަރު ސިކުތް "ބަދްލާޕޫރް" ގެ ދެވަނަ ބައި ކުޅެން ދީޕިކާ ޕަދުކޯންއަށް ދީފައިވަނީ ކުރީގެ ފިލްމުގެ ސްކްރިޕްޓަށް ބަދަލުގެނައުމަށްފަހުގައިކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ކުރިން އަޑުތައް ފެތުރިފައިވަނީ "ބަދްލާޕޫރްގެ" ދެވަނަ ބައި ވެސް ކުޅޭނީ ފުރަތަމަ ބައިންވެސް ފެނިގެން ދިޔަ ވަރުން ދާވަން ކަމަށެވެ. އެހެން ނަމަވެސް މިހާރު ވަރުން މިފިލްމުން ފެނިގެން ނުދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

"ބަދްލާޕޫރް2" ގައި ދީޕިކާ ފެނިގެން ދާއިރު އެ ފިލްމުން ފެންނާނީ މުޅިން އާ ތަރިންކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

"ބަދްލާޕޫރް" ގައި ވަރުން ފެނިގެންދަނީ ވަރުންދާވަންގެ މަރާލުމުން،އެ މާރާމާރީ ހިންގާ މީހުންގެ ފަރާތުން ބަދަލުހިފާ ގޮތެވެ.
ޚަބަރުތައް ބުނާގޮތުގައި "ބަދްލާޕޫރް 2" ގައި ދީޕިކާ ފެނިގެންދާނީ ވެސް ހަމަ އެފަދަ ރޯލަކުންނެވެ.

"ބަދްލާޕޫރް2" ގެ ޕްރޮޑިއުސާ ދިނޭޝް ވިޖަން ބުނެފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ފިލްމަށް އެންމެ ފިޓްވާނެ އެކްޓަރަކީ ދީޕިކާކަމަށެވެ.  "ބަދްލާޕޫރް2" ގެ ސްކްރިޕްޓް ނިންމުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ފިލްމުގެ ސްކްރިޕްޓް ނިމުނުހާ އަވަހަކަށް ޝޫޓިން ފަށާނެކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމު ސިނަމާތަކަށް އަންނާނެކަމަށް ބެލެވެނީ އަންނަ އަހަރުގައެވެ. 

- ކޮމެންޓް