ކ. މާލެ
|
29 ނޮވެންބަރ 2021 | ހޯމަ 22:42
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު
44 ޖަލްސާއިން 95 މަސައްކަތް ނިންމައި މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނިންމާލައިފި
 
ދެން މަޖިލީހުގެ ޖަލްސާތައް ފެށޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު
 
މުހިންމު ބިލްތަކެއްގެ މަސައްކަތް ނިންމާފައިވޭ
 
ޖުމްލަ 131 މަސައްކަތެއް މެމްބަރުން މިދައުރުގައި ކުރަން އޮތްއިރު އޭގެތެރެއިން ނިންމާފައިވަނީ 95 މަސައްކަތް
 
އޮގަސްޓްމަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހަށް ތިން ވަނަ ދައުރު ކުރިޔަށްދިޔަ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ނިންމާލުމަށްފަހު މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފައެވެ. ތިން ވަނަ ދައުރުގެ ޖަލްސާތައް އޮގަސްޓްމަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހަށް ކުރިޔަށް ގެންދިޔައިރު ޖުމްލަ 44 ޖަލްސާއެއް ވަނީ ބާއްވާފައެވެ. އެއީ 112 ގަޑިއިރެވެ. މިދުވަސްތަކުގައި 320 ކޮމިޓީ ބައްދަލުވުން ބާއްވާފައިވާއިރު މިބައްދަލުވުންތަކުގައި މެމްބަރުން ވަނީ 331 ގަޑިއިރު ހޭދަކުރައްވާފައެވެ. ޖުމްލަ 131 މަސައްކަތެއް މެމްބަރުން މިދައުރުގައި ކުރަން އޮތްއިރު އޭގެތެރެއިން ނިންމާފައިވަނީ 95 މަސައްކަތެވެ. ނުނިމޭ 36 މަސައްކަތެއްވެއެވެ.

ބިލްތައް:

ކުރީ ދައުރުން މިދައުރަށް އައި ބިލްތައް: 32 ބިލް

މިދައުރަށް ހުށަހެޅުނު ބިލްތައް: 9 ބިލް

ޖުމްލަ : 41 ބިލް

ނިމުނު: 20 ބިލް

ނުނިމޭ: 21 ބިލް

ގަރާރު:

ކުރީ ދައުރުން މިދައުރަށް އައި ގަރާރުތައް: 10 ގަރާރު

މިދައުރަށް ހުށަހެޅުނު ގަރާރުތައް: 2 ގަރާރު

ޖުމްލަ: 12 ގަރާރު

ނިމުނު: 4 ގަރާރު

ނުނިމޭ: 8 ގަރާރު

ސަރުކާރުން ހުށަހެޅި މައްސަލަ:

ކުރީ ދައުރުން މިދައުރަށް ހުށަހެޅުނު މައްސަލަތައް: 2

މިދައުރަށް ހުށަހެޅުނު މައްސަލަތައް: 5

ޖުމްލަ : 7 މައްސަލަ

ނިމުނު: 7 މައްސަލަ

ނުނިމޭ: 0 މައްސަލަ

ރިޔާސަތުން ހުށަހެޅި ކަންކަން:

ކުރީ ދައުރުން މިދައުރަށް އައި ކަންކަން: 3 ކަމެއް

މިދައުރުގައި ހުށަހެޅި: 5 ކަމެއް

ޖުމްލަ: 8 ކަމެއް

ނިމުނު: 3 ކަމެއް

ނުނިމޭ: 5 ކަމެއް

މެމްބަރުން ހުށަހެޅުއްވި ކަންކަން:

ކުރީ ދައުރުން މިދައުރަށް އައި ކަންކަން: 3 ކަމެއް

މިދައުރަށް ހުށަހެޅުނު: 10 ކަމެއް

ޖުމްލަ: 13 ކަމެއް

ނިމުނު: 9 ކަމެއް

ނުނިމޭ: 4 ކަމެއް

އެހެނިހެން މައްސަލަތަކާއި ގުޅޭ ރިޕޯޓް:

ކުރީ ދައުރުން މިދައުރަށް އައި ރިޕޯޓްތައް: 5 ރިޕޯޓް

މިދައުރަށް ހުށަހެޅުނު ރިޕޯޓް: 15 ރިޕޯޓް

ޖުމްލަ: 20 ރިޕޯޓް

ނިމުނު: 15 ރިޕޯޓް

ނުނިމޭ: 5 ރިޕޯޓް

ވަޒީރުންނާ ސުވާލުކުރުން:

ކުރީ ދައުރުން މިދައުރަށް އައި: 8 ސުވާލު

މިދައުރުގައި ހުށަހެޅުނު ސުވާލު: 31 ސުވާލު

ޖުމްލަ: 39 ސުވާލު

ނިމުނީ: 32 ސުވާލު

ނުނިމޭ: 7 ސުވާލު

ދައުރު ނިންމަވާލައްވަމުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދައުރުގައި މުހިންމު ބިލްތަކެއްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހަށް ކުރެވިފައިވާ ކަމަށެވެ. އޭގެތެރޭގައި މަދަނީ އިޖުރާއަތުގެ ބިލަކީ ފާހަގަކޮށްލެވޭ ބިލެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އޭގެއިތުރުން ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ކުރެވިފައި ހުރި އެގްރިމެންޓްތަކާ ގުޅޭ ނުތަނަވަސްކަން ބައެއް މެމްބަރުންގެ ކިބައިގައި އޮތަތީ އެމެމްބަރުން އެދިވަޑައިގެން އެއެގްރިމެންޓްތައް ވަނީ މިތަނުން ކޮމިޓީން ދިރާސާކުރެވިފައި. އަދި އެދިރާސާކުރެވުނު ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ގެނެވި އެރިޕޯޓްގައި ބުނާ އެއްޗެއް މިހާރު މިވަނީ ފާސްކުރެވިފައި. ރިޕޯޓުން ސާފުކޮށް އެނގެނީ ސިޔާދަތަކަށް އަސަރެއް ނުކުރާކަން.
ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް

މީގެއިތުރުން ރައީސް ނަޝީދު ވަނީ ނުނިމިހުރި ބިލްތަކުގެ މަސައްކަތްތައް ވީއެންމެ އަވަހަކަށް ކޮށް ނިންމާލުމަށް އެދިވަޑައިގެންފައެވެ.

މިއާއެކު ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ނިމުމަކަށް އައިސްފައިވާއިރު ދެން ރައްޔިތުންގެ މަޖިލީސް ހުޅުވޭނީ އަންނަ އަހަރަށެވެ. އަންނަ އަހަރުގެ ޖަލްސާތައް ފެށިގެންދާނީ ފެބްރުއަރީ މަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް