ކ. މާލެ
|
27 ނޮވެންބަރ 2021 | ހޮނިހިރު 11:18
ބަންގްލަދޭޝްއަށް ދަތުރުކުރުމަށް ފަސިންޖަރުން ފްލައިޓަށް އަރަނީ
ބަންގްލަދޭޝްއަށް ދަތުރުކުރުމަށް ފަސިންޖަރުން ފްލައިޓަށް އަރަނީ
މޯލްޑިވިއަން
މޯލްޑިވިއަންގެ ޑާކާ ދަތުރު
މޯލްޑިވިއަނުން ޑާކާއަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮކޮށްފި
މިހާރު މާލެއާ ޑާކާއާ ދެމެދު ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގު ހުރީ 225 ޔޫއެސް ޑޮލަރަށް

ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަނުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮކޮށްފިއެވެ.

މި ބަދަލުތަކާއެކު މިހާރު މާލެއާ ޑާކާއާ ދެމެދު ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގު ހުރީ 225 ޔޫއެސް ޑޮލަރަށެވެ. ދެކޮޅު ޓިކެޓުގެ އަގު އުޅެނީ 406 ޔޫއެސް ޑޮލަރަށެވެ.

ޓިކެޓު އަގު ހެޔޮ ކުރުމުގެ އިތުރުން މޯލްޑިވިއަނުން ވަނީ ބެގޭޖް އެލަވަންސްވެސް އިތުރުކޮށްފައެވެ. މިހާރު ބެގޭޖް އެލަވަންސްގެ ގޮތުގައި ހަމަޖައްސާފައިވަނީ 40 ކިލޯއެވެ.

މޯލްޑިވިއަނުން މި ދަތުރުތަކުގެ އަގު ހެޔޮކުރީ މާލެއާ ޑާކާއާ ދެމެދު ކުރާ ބަންގްލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިނުން މާލެއާ ޑާކާއާ ދެމެދު ސީދާ ދަތުރުތައް ފަށާފައި ވަނިކޮށެވެ. ޔޫއެސް-ބަންގްލާ އެއާލައިނުން މި ދަތުރުތައް ކުރަނީ 292 ޔޫއެސް ޑޮލަރަށެވެ.

ރާއްޖެއަށް ދަތުރު ފެށުމާ ގުޅޭގޮތުން ޔޫއެސް ބަންގްލާ އިން ބުނެފައިވަނީ އަމާޒަކީ މަހެއްގެ މައްޗަށް އެއް މިލިއަން ޑޮލަރުގެ ކާގޯ ސްލޮޓާއި ފަސިންޖަރުންގެ ޓިކެޓް ވިއްކުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް