ކ. މާލެ
|
26 ނޮވެންބަރ 2021 | ހުކުރު 20:30
ގައުމީ ފެތުމުގެ މުބާރާތުގެ ޗެމްޕިއަން އާން އަދި ހަމްނާ
ގައުމީ ފެތުމުގެ މުބާރާތުގެ ޗެމްޕިއަން އާން އަދި ހަމްނާ
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ގައުމީ ފެތުމުގެ މުބާރާތް
ގައުމީ ފެތުމުގެ މުބާރާތުގެ ޗެމްޕިއަންކަން އާން އާއި ހަމްނާއަށް
 
އާން އާއި ހަމްނާ ވަނީ ޗެމްޕިއަން އޮފް ޗެމްޕިއަންސްގެ މޮޅު ފެތުންތެރިޔާގެ މަގާމުވެސް ހޯދާފައި
 
ޓީމު ކެޓަގަރީގެ ފިރިހެން އެއްވަނަ އެމްއެލްއޭ ހޯދިއިރު، އަންހެން އެއްވަނަ ހޯދީ ރިވަރިން ސްޕޯޓްސް

ގައުމީ ފެތުމުގެ މުބާރާތުގެ ސީނިއާ ކެޓަގަރީގެ އެއްވަނަ ހަމްނާ އަޙްމަދާއި، މުޙައްމަދު އާން ހުސެއިން ހޯދައިފިއެވެ.

އާން އާއި ހަމްނާ ވަނީ މިދިޔަ މަހު ބޭއްވި ޗެމްޕިއަން އޮފް ޗެމްޕިއަންސް މުބާރާތުގެ އެންމެ މޮޅު ފެތުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ހުޅުމާލޭ ސްވިމިން ޕޫލުގައި ކުރިޔަށްދިޔަ ގައުމީ ފެތުމުގެ މުބާރާތުގެ އަންހެން ބައިން ހަމްނާ އެއްވަނަ ހޯދީ އައިޝަތު ސައުސަންގެ މައްޗަށް ކުރިހޯދައިގެންނެވެ. މި ބައިގެ ތިންވަނަ ދެ ފެތުންތެރިއަކަށް ލިބިފައިވެއެވެ. އެއީ ޖުމެއިރާ އާމިނަތު އާމިރާއި އައިޝް އާލިން އަފްސަލް އަށެވެ.

ހަމްނާ ވަނީ 200 އާއި 400 މީޓަރު އިންޑިވިޖުއަލް މިޑްލީ އިވެންޓާއި ފްރީސްޓައިލްގެ 50، 100، 200، 400 މީޓަރު އިވެންޓާއި 50، 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓާއި 50، 100 މީޓަރު ބެކްސްޓްރޯކް އިވެންޓް އަދި 50، 100 މީޓަރު ބަޓަފްލައި އިވެންޓް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ފިރިހެން ޗެމްޕިއަން އާން ވަނީ 50، 100، 200 އަދި 400 މީޓަރު ފްރީސްޓައިލް އިވެންޓާއި 50، 100 މީޓަރު ބްރެސްޓްރޯކް، ބެކްސްސްޓްރޯކް އަދި ބަޓަފްލައި އިވެންޓް ކާމިޔާބުކޮށްފައެވެ. އަދި 200 މީޓަރު އިންޑިވިޖުއަލް މިޑްލީ އިވެންޓުވެސް ކާމިޔާބުކުރީ އާންއެވެ. މި މުބާރާތުގެ ފިރިހެން ބައިން ދެވަނައަށް ދިޔައީ ހުސެއިން ހާއިޝް ހަސަނެވެ. އަދި ތިންވަނައަށް ދިޔައީ މުޙައްމަދު ރިހާން ޝިހާމެވެ.

ޓީމު ކެޓަގަރީގެ ފިރިހެން ބައިން އެއްވަނަ ހޯދީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ) އެވެ. ދެވަނައަށް ދިޔައީ ރިވަރިން ސްޕޯޓްސްއެވެ. އަދި ތިންވަނައަށް ދިޔައީ ސްޕޯޓްސް ނޭޗާއެވެ. މީގެ އިތުރުން ޓީމު ކެޓަގަރީގެ އަންހެން ބައިން އެއްވަނަ ހޯދީ ރިވަރިން ސްޕޯޓްސްއެވެ. ދެވަނައަށް އެމްއެލްއޭ ދިޔައިރު، ތިންވަނަ އަކީ މޫދު މާލިމީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް