ކ. މާލެ
|
26 ނޮވެންބަރ 2021 | ހުކުރު 08:21
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވާ މޯލްޑިވިއަންގެ ފްލައިޓެއް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވާ މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަން
މޯލްޑިވިއަންގެ ޕްރޮމޯޝަން
ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ ޚާއްސަ ޕްރޮމޯޝަނެއް
ޕްރޮމޯޝަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހު

ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރާއި ދިމާކޮށް ގައުމީ އެއަރލައިން، މޯލްޑިވިއަނުން ޚާއްސަ ޕްރޮމޯޝަނެއް ފެށުމަށް ނިންމައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގެ ޓިކެޓް އޮންލައިންކޮށް ނަގާ މީހުންގެ ތެރެއިން، ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ މީހަކަށް ދެ ޓިކެޓް ދިނުމަށް ވަނީ ނިންމާފައެވެ.

އަންނަ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަން ކުރިއަށްދާނީ ޑިސެމްބަރ މަހުގެ ނިޔަލަށެވެ.

ކޮންމެ އަހަރެއްގެ ވެސް ސްކޫލް ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރަމުން އަންނައިރު، މިފަރާތްތަކަށް ޚާއްސަ ޕްރޮމޯޝަންތައް މޯލްޑިވިއަނުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެއެވެ. މީގެ ތެރޭގައި އެކި މަންޒިލްތަކަށް ޚާއްސަ ފެއާތަކާއި، ސޯޝަލް މީޑިއާ ކޮންޓެސްޓުތަކުގެ އިތުރުންވެސް ތަފާތު އެކި ޕްރޮމޯޝަންތައް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް