ކ. މާލެ
|
24 ނޮވެންބަރ 2021 | ބުދަ 09:02
އުރުދުޣާން
އުރުދުޣާން
ރޮއިޓަރސް
ތުރުކީގެ އިގްތިސާދު
ތުރުކީގައި ބޭންކް އިންޓްރެސްޓް ނިމުމަކަށް ގެންނާނަން: އުރުދުޣާން
 
ބޭންކް އިންޓްރެސްޓަކީ އިގްތިސާދީ ކަންނެތް ކަމަށް މަގުފައިވާ ކަމެއް
 
ތުރުކީގައި ރަސްމީ އިންޓްރެސްޓް ރޭޓް 15 އިންސައްތައަށް ވަނީ ދަށްކޮށްފައި

ތުރުކީގައި ބޭންކް އިންޓްރެސްޓް ނިމުމަކަށް ގެންނާނެ ކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ޓީވީއަކަށް ދިން އިންޓަރވިއުއެއްގައި އުރުދުޣާން ވިދާޅުވީ، ހުޅަނގުގެ ބޭންކް ނިޒާމުގައި އޮންނަ އިިންޓްރަސްޓުން ތުރުކީ ރައްޔިތުން ސަލާމަތްކުރަން ޖެހޭ ކަމަށާއި، ބޭންކް އިންޓްރަސްޓް ނިމުމަކަށް ގެނައުމަށް އޭނާގެ ސަރުކާރުން ފަށާ ހަނގުރާމަ ބިނާވެފައިވަނީ ތުރުކީގެ ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް އިންވެސްޓްކުރުން އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ކަމަށެވެ.

އުރުދުޣާން ވިދާޅުވީ އޭނާގެ ސަރުކާރުން އިންޓްރެސްޓާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބުވުމުން ގައުމަށް މިހާރަށްވުރެ ބޮޑު ތަނަވަސްކަމެއް ލިބޭނެ ކަމަށެވެ. އުރުދުޣާން ވިދާޅުވީ މި އަމާޒަށް ވާސިލްވުމަށް ތުރުކީގެ ކުންފުނިތަކަށާއި ބޭންކްތައްފަދަ މާލީ މުއައްސަސާތަކަށް އަންގަވާނެ ކަމަށެވެ.

އުރުދުޣާން ވިދާޅުވީ، ބޭންކު އިންޓްރެސްޓްގެ ސަބަބުން އިގްތިސާދީ ކަންނެތް ކަމަށް މަގުފަހިވާ ކަމަށެވެ. ފައިސާ ގަނޑުކޮށް ހުންނަ މީހުން އެމީހުންގެ ފައިސާ ބޭންކުތަކުގައި ޖަމާކުރުމަށްފަހު އެއިން ލިބޭ އިންޓްރަސްޓް ފައިސާކޮޅުގެ ބޭނުން ހިފައިގެން މަސައްކަތެއް ނުކޮށް އުޅެން އާދަވާކަމަށާއި އެއީ އިގްތިސާދު ބަލިކަށިވެގެންދާނެ ކަމަށް ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީގެ އިގްތިސާދު މިނިވަންކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އުރުދުޣާން އެކަށައެޅުއްވި ބޭންކް އިންޓްރަސްޓާ އިދިކޮޅު މިސިޔާސަތު އިއުލާން ކުރެއްވުމާއެކު ތުރުކީގެ މަރުކަޒީ ބޭންކުންވަނީ، އެގައުމުގެ ރަސްމީ އިންޓްރެސްޓް ރޭޓް 15 އިންސައްތައަށް ދަށްކުރިކަން ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
100%
0%
0%
0%
0%
0%
ކޮމެންޓް