ކ. މާލެ
|
22 ނޮވެންބަރ 2021 | ހޯމަ 21:22
ރަޝިޔާގެ ރައީސް ޕުޓިން
ރަޝިޔާގެ ރައީސް ޕުޓިން
ރޮއިޓަރސް
ޕުޓިން ވެކްސިން ޖެއްސެވުން
ޕުޓިން އަނެއްކާވެސް ކޮވިޑް ވެކްސިން ޖައްސަވައިފި
ޕުޓިން ވަނީ މިއަހަރުގެ ޖޫން މަހު ސްޕަޓްނިކްވީ ވެކްސިން ޖައްސަވާފައި
މިފަހަރު ޖެއްސެވީ ސްޕަޓްނިކް ލައިޓް

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އަނެއްކާވެސް ކޮވިޑް-19 ވެކްސިން ޖައްސަވައިފިއެވެ.

އެގައުމުގެ ނިއުސް އެޖެންސީތަކުން ބުނެފައިވާ ގޮތުގައި, ޕުޓިން ވަނީ މިއަހަރުގެ ޖޫން މަހު އެގައުމުގައި އުފައްދާފައިވާ ކޮވިޑް ވެކްސިން ކަމުގައިވާ ސްޕަޓްނިކްވީ ވެކްސިން ޖައްސަވާފައެވެ. އެއާއެކު އަނެއްކާވެސް ޕުޓިން ޖައްސަވާފައިމިވަނީ ރަޝިޔާގައި އުފައްދާފައިވާ ކޮވިޑް-19 ވެކްސިނެކެވެ.

އެއީ ސްޕަޓްނިކް ލައިޓް ވެކްސިނެވެ. ރަޝިޔާގައި ވެކްސިން އުފައްދަމުން އަންނަނީ ގަމަލިޔާ ރިސަރޗް ސެންޓަރ ފޮރ އެޕިޑެމޮލޮކީ އެންޑް މައިކްރޯބައޮލޮޖީންނެވެ.

ރަޝިޔާގެ ސްޕަޓްނިކްވީ ވެކްސިންއަކީ ކޮވިޑަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ ފުރަތަމަ ގައުމަކުން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދިން ވެކްސިނެވެ. ނަމަވެސް މިވެކްސިން ޔޫރަޕްގެ ގައުމުތަކުގައި އެހާ އާންމުކޮށް ޖަހަމުންނެއްނުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް