Advertisement
ކ. މާލެ
|
22 ނޮވެންބަރ 2021 | ހޯމަ 16:32
ރޯ ޕެސިފިކް އޮއިސްޓަރ
ރޯ ޕެސިފިކް އޮއިސްޓަރ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ރޯ ޕެސިފިކް އޮއިސްޓަރ ވިއްކުން މަނާކުރުން
"ރޯ ޕެސިފިކް އޮއިސްޓަރ" ނުވިއްކުމަށް އެމްއެފްޑީއޭއިން އަންގައިފި
އެ އުފެއްދުމަކީ "ވިބްރިއޯ ޕެރެހޮމޮލީޓިކަސް" ނަމަކަށް ކިޔާ ޖަރާސީކަމުން ތަޣައްޔަރުވުމުގެ ފުުރުސަތު ބޮޑު އުފެއްދުމެއް
މިހާރު ކުރިއަށް ގެންދަނީ، އޭގެ ސަބަބުން ކާބޯތަކެއްޗަށް އޮތް ނުރައްކާ ބަލައި ދެނެގަތުމުގެ މަސައްކަތް

ޖަރާސީމުން ތަޣައްޔަރު ވެފައިވުމާއެކު "ރޯ ޕެސިފިކް އޮއިސްޓަރ" ނުވިއްކުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެެވެ.

އެ އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްްގައި ބުނީ، އޮސްޓްރޭލިއާގެ ކޮފިން ބޭގައި އުފައްދާފައިވާ ޕްރެސްޓިޖް ފުޑްސް އިންޓަނޭޝަނަލްގެ ރޯ ޕެސިފިކް އޮއިސްޓަރ ރާއްޖެ އެތެރެވެފައިވާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާކަމަަށެވެ. އަދި އެ އުފެއްދުމަކީ "ވިބްރިއޯ ޕެރެހޮމޮލީޓިކަސް" ނަމަކަށް ކިޔާ ޖަރާސީކަމުން ތަޣައްޔަރުވުމުގެ ފުުރުސަތު ބޮޑު އުފެއްދުމެއްކަމަށް އެ އޮތޯރިޓީން ބުނެއެވެ.

Advertisement

އެ އޮތޯރިޓީން ބުނީ މިހާރު ކުރިއަށް ގެންދަނީ އޭގެ ސަބަބުން ކާބޯތަކެއްޗަށް އޮތް ނުރައްކާ ބަލައި ދެނެގަތުމުގެ މަސައްކަތްކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ އުފެއްދުން ނުވިއްކުމަަށާއި ބޭނުންނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް