ކ. މާލެ
|
27 މެއި 2017 | ހޮނިހިރު 17:33
ލޯކަލް މާރުކޭޓުގައި ތަކެތި ގަންނަނީ
ލޯކަލް މާރުކޭޓުގައި ތަކެތި ގަންނަނީ
މުހައްމަދު ޝަރުހާން
ތަކެތީގެ އަގު
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި
ކަރާގެ އަގަށް މާބޮޑު ބަދަލެއް ނާންނާނެ
މިރުހައި ކާށީގެ އަގު ވަނީ އުފުލިފައި

ރަމަޟާން މަހަކީ ސުފުރާ މައްޗަށް ގިނަ ބާވަތްތަކެއް ގެންނަ މަހެކެވެ. މިކަމުގެ ސަބަބުން ތަކެތި ހެދުމަށް ބޭނުން ކުރާ ސާމާނު ވެސް އިތުރުވެގެންދެއެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހު، ލޯކަލް މާރުކޭޓުގައި ގިނަ ބަޔަކު ތަކެތި ގަތުމުގައި ހަރަކާތްތެރި ވެއެވެ. އެގޮތުން އެ ސަރަހައްދުގައި ތަކެތި ވިއްކާ ވިޔަފާރިވެރިން ވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ވިޔަފާރި ރަގަޅު ކަމަށް ބުނެފަ އެވެ. އަދި އެސަހައްދުގައި ހުރި ގޮޅިތައް ވަނީ ތަފާތު ބާވްތަތަކުގެ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުން ފުރިފަ އެވެ.

ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގުތައް ހުރި ގޮތަށް ބަލާ އިރު މިރުހުގެ އަގު އުޅެނީ 100 ގްރާމް 60ރ. އާއި 80ރ. ދެމެދުގައެވެ. ދޮންކެޔޮގެ އަގު އުޅެނީ ވަކެއް 5ރ. އާއި 10ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. ފަޅޯ ކިލޯއެއް އުޅެނީ 20ރ. އަށެވެ. ކަރާގެ އަގު މިހާރު އުޅެނީ ކިލޯއެއް 15ރ. އާއި 18ރ. އާދެމެދުމުގެ އަގުތަކެއްގަ އެވެ.

މާރުކޭޓުގައި ކިއުކަމްބާ އުޅެނީ، ކިލޯއެއް 40ރ. އަށެވެ. ލުނބޯގެ އަގު ކިލޯއެއް 35ރ. އާއި 40ރ. އަށް އުޅޭ އިރު، ކާށި އުޅެނީ، 10ރ. އާއި 15ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. މީގެ އިތުރުން ބޮޑެތި ކާށި 30ރ. އަށް މާރުކޭޓުން ލިބެން އެބަ ހުއްޓެވެ.

މާރުކޭޓުގައި ފަނިގިރުމަށް ބޭނުން ކުރާ ގިނަ ސާމާނު ލިބެން ހުރި އިރު ސަޓަނި ހެދުމަށް ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތްތައް މަދެވެ. އެގޮތުން ކޮޕީފަތް ބޮޑި އެއް 10ރ. އަށް ހުރި އިރު ހިކަދިފަތް ލިބެން ހުރީ، 5ރ. އަށެވެ. ލެޓިއުސް ފަތް މިފަހަރު ހޯދުމަށް ވަރަށް އުނދަގޫ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

މީގެ އިތުރުން، ކަރާގެ އަގަށް މާބޮޑު ބަދަލުތަކެއް ނާންނާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. އެގޮތުން އަޔަސް އަންނާނީ ފަސް ރުފިޔާގެ އިތުރުވުމެއް ކަމަށް ވިޔަފާރިވެރިން ބުނެއެވެ. އެހެން ނަމަވެސް  މާރުކޭޓަށް އެންމެ ގިނައިން ކަރާ ގެންނަ އއ. ތޮއްޑޫގެ ދަނޑުތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކޮންމެވެސް ވަރަކަށް ކަރާގެ އަގަށް ބަދަލު އަތުވެދާނެ ކަމަށް ގަބޫލުކުރާ ފަރާތްތައް ވެސް އެބަ ތިއްބެވެ.

ތަކެތީ އަގުތަކަށް ބަލާއިރު މާރުކޭޓުގައި އެންމެ އަގު މަތީގައި އުޅެނީ މިރުހާއި ކާށީގެ އަގެވެ. މިތަކެތީގެ އަގު އުފުލެނީ ތަކެތި ހޯދުމަށް ދަތިވުމާއި ވިއްސާރަވުމުގެ ސަބަބުން ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

 

- ކޮމެންޓް