ކ. މާލެ
|
19 ނޮވެންބަރ 2021 | ހުކުރު 17:12
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ރާއްޖެއެމްވީ
ޖަލުތަކުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް
ޖަލުތަކުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަށަނީ!
މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ނޭޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން ހިންގާ ޕްރޮގްރާމެއް
މިއީ އެއް އަހަރުދުވަހުގެ މުއްދަތަކަށް ވެވުނު އެއްބަސްވުމެއް

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ކޮށްފައިވާ ގައިދީންނަށް ޚާއްސަކޮށްގެން، ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ނޭޝަނަލް ޑްރަގް އެޖެންސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ނޭޝަނަލް ޑްރަގް އެޖެންސީން އިއްޔެ މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ކަރެކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހަންމަދުފުޅެވެ. އެން.ޑީ.އޭގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ސީއީއޯ މުހަންމަދު ރަމީޒެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް އަހްމަދު ނަސީމާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ބައިވެރިވެވަޑަގަތެވެ.

އެއް އަހަރު ދުވަހު މުއްދަތަކަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ޖަލުގައި ތިބި ގައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާނީ އެކަމަށް ޚާއްސަކުރެވިގެން ތަމްރީނުކުރެވޭ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޑޮކްޓަރުންނާއި، ނަރުހުންނާއި، ކައުންސިލަރުންނާއި، ކޭސްވޯރކަރުންނާއި އަދި ޕްރިޒަން އޮފިސަރުންނެވެ.

މީގެ އިތުރުން އިން-ހައުސް ނުވަތަ ރެސިޑެންޝަލް ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، ބައިވެރިންނަށް ބޭނުންވާނެ އާފްޓަރ ކެއަރ ޕްރޮގްރާމާއި، ޕްރޮގްރާމްގެ ސަސްޓައިނަބިލިޓީ ކަށަވަރުކުރުމަށްޓަކައި، ޑޭޓާ އެއްކުރާނެއެވެ. އަދި އެ ޑޭޓާގެ މައްޗައް ބިނާކޮށް ޕްރޮގްރާމް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާނެ ބަދަލު ގެނައުމަށްވެސް މި އެއްބަސްވުމުގެ ދަށުން ބާރުއަޅާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް
- ގުޅުންހުރި
އެމްޑީޕީ ވެރިކަމުގައި ނެތް ކޮންމެ ފަހަރަކު ޖަލުގައި އަނިޔާކުރުން ފަދަ މައްސަލަތައް އާއްމުވޭ: މައުރޫފް
ނޭޝަނަލް ޑްރަގް އޭޖެންސީގެ މުވައްޒަފުން ފަރުވާ ހޯދަން ދާ މީހުންނަށް ކިއު ނަންބަރު ވިއްކަނީ
ޖަމީލު ނިޔާވި މައްސަލައިގައި ފުލުހުންގެ ގާނޫނާއި ފުށުއަރާ ބައިވަރު ކަންތައްތަކެއް ހިނގާފައި އެބަހުރި - ނާޒިލް
ޖަމީލް ނިޔާވެފައި މައްސަލައިގައި ޝައްކުއުފެދޭ ކަންކަން ހުރުމުން އެކަން ބަލައިދިނުމަށް ޑިމޮކްރެޓްސްގެ ފަރާތުން އެޗްއާރުސީއެމްއަށް ހުށަހަޅައިފި
ޖަމީލްގެ ހަށިގަނޑުގައި ހުރީ ގޯނާއެއްގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ނޫން، ޑޮކްޓަރުންނަށްވެސް ބެލެވެނީ އެހެން: ފުލުހުން
ޖަމީލްގެ މަރަށް ބަލާއިރު، އޭނާއަށް އެއްވެސް ފަރާތެއްގެ ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމަށް ނުބެލެވޭ: ފުލުހުން
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި އޮފިސަރުންގެ ބަންދުގެ މުއްދަތު ޖަހައިފި
މާފުށި ޖަލުގައި ނިޔާވި ޖަމީލްގެ ޕޯސްޓްމޯޓަމް ހަދަން ހޯމް މިނިސްޓަރ އަންގަވައިފި