Advertisement
ކ. މާލެ
|
19 ނޮވެންބަރ 2021 | ހުކުރު 02:42
ދުނިޔޭގެ އެއްވަނަ ހޯދި ފަސް ދަރިވަރުން
ދުނިޔޭގެ އެއްވަނަ ހޯދި ފަސް ދަރިވަރުން
ރައީސް އޮފީސް
ސާނަވީ އިމްތިހާނު
ސާނަވީ އިމްތިހާނުގައި ދުނިޔޭގެ އެއްވަނަ ފަސް ދަރިވަރަކަށް
ދުނިޔޭގެ އެއްވަނަ ހޯދީ ތަފާތު ފަސް މާއްދާއަކުން
ސާނަވީ އިމްތިހާނުގައި 2019 ވަނަ އަހަރު ރާއްޖެއިން ބައިވެރިވީ 4،987 ދަރިވަރުން

ދިވެހިރާއްޖޭގައި 2019 ވަނަ އަހަރު ސާނަވީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރަކު ދުނިޔޭގެ ފަޚުރުވެރި އެއްވަނަ ހޯދައިފިއެވެ.

Advertisement

މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ދަރިވަރުންނެއް ބައިވެރިވި މި އިމްތިހާނުތަކުގެ ތެރެއިން ރާއްޖޭގެ ފަސް ދަރިވަރުން އެއްވަނަ ހޯދާފައި ވަނީ ތަފާތު ފަސް މާއްދާއަކުންނެވެ. މީގެ ތެރެއިން ދެ ދަރިވަރުންނަކީ އަމީނިއްޔާ ސްކޫލުގެ ދަރިވަރުންނެވެ. އިނާމު ދިނުމުގެ ރަސްމިއްޔާތު މިފަހަރު ބެއްވީވެސް އަމީނިއްޔާ ސްކޫލުގައެވެ.

މުޅި ދުނިޔެއިން އެއްވަނަ ކާމިޔާބުކުރި ދަރިވަރުން

  • އީމާން ސަހީލް ޖަލީލް، ގ.ރޯޒްމެޑަލް، ކ.މާލެ، އަމީނިއްޔާ ސްކޫލް / ޓްރެވަލް އެންޑް ޓޫރިޒަމް
  • ޝާއިން މުހައްމަދު ރިއްފަތު، އޯކިޑްވިލާ، ބ.އޭދަފުށި، ޖަމާލުއްދީން ސްކޫލް / ބަޔޮލޮޖީ
  • ރިޔާ ހުސައިން ފިރާޒް، ހ.ކަޅުވަކަރުގެ، ކ.މާލެ، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް / ބިޒްނަސް ސްޓަޑީޒް
  • ފާތިމަތު ޒައިނާ ނައީމް، ތޭންލް، ގދ.ތިނަދޫ، އަމީނިއްޔާ ސްކޫލް / ހިސްޓްރީ
  • އައިޝާ ރަޒާން ނާޒިމް، މާރިޝް، ސ.ހިތަދޫ، ޝަރަފުއްދީން ސްކޫލް / މެރިން ސައިންސް

2019 ވަނަ އަހަރު ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި ރާއްޖެއިން ބައިވެރިވި ދަރިވަރުންގެ ތެރެއިން 419 ދަރިވަރަކު ގަދަ 10ގައި ހިމެނިފައި ވާއިރު، އޭގެ ތެރެއިން 28 ދަރިވަރަކު ގައުމީ ގަދަ 10ގެ އެއްވަނައިގައި ހިމެނުނެވެ. މީގެ އިތުރުން ދުނިޔޭގެ އެއްވަނައިގައި ފަސް ދަރިވަރުން ހިމެނުނު އިރު، ޖުމްލަ 42 ދަރިވަރަކު ދުނިޔޭގެ އެކި ވަނަތަކުގައި ހިމެނުނެވެ. އަދި ހައި އެޗީވްމަންޓް އެވޯޑު 11 ދަރިވަރަކު ހާސިލްކުރިއެވެ.

ސާނަވީ އިމްތިހާނުގައި 2019 ވަނަ އަހަރު ރާއްޖެއިން ބައިވެރިވީ 4،987 ދަރިވަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ 2،538 ފިރިހެން ދަރިވަރުންނާއި، 2،449 އަންހެން ދަރިވަރުންނެވެ.

މި އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ތިން މާއްދާއިން ފާސްވެފައި ވަނީ 67 އިންސައްތަ ދަރިވަރުންނެވެ. އަދި ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު ވަނީ 68.3 އިންސައްތައަށް އަރާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް