ކ. މާލެ
|
16 ނޮވެންބަރ 2021 | އަންގާރަ 16:35
ބަޖެޓް ދިރާސާކުރުން
ބަޖެޓް ދިރާސާކުރުން
މަޖިލިސް
މަގޭ ރިޕޯޓް
މަމީ އޮޑިޓަރައްކޫއޭ ވިދާޅުވެ ޔައުގޫބް އެކަން ސާބިތުކޮށްދެއްވާ!
 
ބައެއްގެ ޚިޔާލު އެ ބަޔަކު އަނބުރާނެ ގޮތަށް އެނބުރުމަކީ މުއައްސަސާއެއްގެ ހައިސިއްޔަތުން އެކަމަށް ތައްޔާރުވާންޖެހޭ ކަމެއް ނޫން
 
ބަޖެޓަށް އިތުރު 8 ލައްކަ ރުފިޔާ ބޭނުންވޭ
 
އެއްވެސް ސިޔާސީ ޕާޓީއަކުން އަދި އެއްވެސް މުއައްސަސާއަކުންވެސް ނިޒާމީ ވޯޓެއް ނެގުމަށް ނިންމާފައި ނުވޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ދުވަސްކޮޅަށް ޖެހިލާނަމެވެ. އޭރު އޮތް މަޖިލިސް ބަހުސްގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ މިހާރުގެ ދާންދޫ ދާއިރާގެ މެމްބަރު ޔަގޫބް އަބްދުﷲ އަށެވެ. ސަބަބަކަށްވެގެން ދިޔައީ، ބަހުސްގައި ދެއްކެވި ވާހަކަކޮޅެވެ. އަމިއްލަ ބަހުރުވައިން ވާހަކަކުރިއަށް ގެންދަވަމުން ވިދާޅުވީ، "މަމީ އޮޑިޓަރައްކު، މަޖިލީހަށް ކުރިމަތިލައިގެން މިވޮއްނު ހަގީގީ ބޭނުމައްކޫ ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން" މިހެންނެވެ.

މަޖިލީހުގައި ޔަގޫބް ގެންދަވަނީ އެކަން ސާބިތު ކުރައްވަމުންނެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓް ހުށަހަޅައި އެ ބަހުސް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ޔައުގޫބުގެ ހުޝިޔާރުކަން ފެނެއެވެ. އިލެކްޝަން ކޮމިޝަންގެ މެމްބަރުން ހާޒިކޮށް ކުރިއަށްދިޔަ ކޮމިޓީގައި އެ ކޮމިޝަނަށް އިތުރަށް ބަޖެޓް ބޭނުންވާ ކަން ފާހަގަކޮށް ކޮމިޝަންގެ ނާއިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، 2023ގައި ރިޔާސީ އިންތިޚާބުގެ ކުރިއަށް 2022 ގައި އިންތިޚާބެއް އޮންނާނެ ކަމަށް ބަލައި، ބަޖެޓަށް އިތުރު 8 ލައްކަ ރުފިޔާ ބޭނުންވާ ކަމަށެވެ. ހަބީބު އިޝާރާތް ކުރެއްވީ، ނިޒާމީ ވޯޓަށެވެ. އެހެންނަމަވެސް އެއީ އެއްވެސް މުއައްސަސާއަކުން ނިންމާފައި އޮތް ކަމެއް ނޫނެވެ. ހަމަ މިއާއެކު ކޮމިޝަންގެ ބަޖެޓް ފާސްކުރުމާއެކު މިނިވަން ކަމާއެކު އެ ބަޖެޓް ބޭނުން ކުރުމުގެ ފުރުސަތު ދޭންވާނެ ކަމަށް އީސީގެ މެމްބަރުން ވިދާޅުވިއެވެ.

މިވާހަކަ އިތުރަށް ތަފްސީލް ކޮށްދެއްވުމަށް ޔައުގޫބް އެދިވަޑައިގަތުމުން ހަބީބު ވިދާޅުވީ، ނޫސްތަކުގެ ޚަބަރުތަކަށް ބާލާއިރު، ނިޒާމީ ވޯޓެއްގެ ވާހަކަ ނޫސްތަކުން ފެންނަ ކަމަށެވެ. އަދި 2007 ވަނަ އަހަރު ނިޒާމީ ވޯޓެއް ނެގުނުއިރު ރައްޔިތުންގެ އާއްމު ހޭލުންތެރިކަން އެކަމުގައި ނެތް ކަމަށެވެ. އިންތިޚާބެއް އޮންނަނަމަ ދުރާލާ ދެ ނިޒާމާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެގޮތަށް އެ މައުލޫމާތު ދިނުމަކީ އިލެކްޝަންގެ ގާނޫނުން ލާޒިމްކުރާ ކަމެއް ކަމަށެވެ. އެގޮތުން އިންތިޚާބެއް އައިސްފިނަމަ 2022 ވަނަ އަހަރު 10 އަތޮޅުގައި އަދި 2023ވަނަ އަހަރު މައުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ރިޔާސީ އިންތިޚާބު ކަމުގައިވިޔަސް އެކަން ކުރަން ރާވާފައި އޮތްކަމަށް ހަބީބު ވިދާޅުވިއެވެ.

އެއަށް ރައްދު ދެއްވައި ދާންދޫ ދާއިރާގެ މެމްބަރު ޔަގޫބް ވިދާޅުވީ، ނޫސްތަކުން ކޮންމެ ވާހަކަތަކެއް ގެނައި ނަމަވެސް އެއްވެސް ސިޔާސީ ޕާޓީއަކުން އަދި އެއްވެސް މުއައްސަސާއަކުންވެސް ނިޒާމީ ވޯޓެއް ނެގުމަށް ނިންމާފައި ނުވާ ކަމަށެވެ. ބަޔަކު ދައްކާހާ ވާހަކައެއް ގަބޫލްކޮށް މުއައްސަސާތަކުން އެކަމަށް ތައްޔާރުވެ ބަޖެޓްކޮށްގެން ތިބެންޖެހޭ ކަމަށް ގަބޫލް ނުކުރައްވާކަމަށް ޔަގޫބް ވިދާޅުވިއެވެ. އެއީ ޒިންމާދާރު ކަމެއް ނޫންކަމަށެވެ.

ނިޒާމީ ވޯޓަކަށް ދިޔުމަށް މަޝްވަރާކުރުމަށްވެސް ރަސްމީކޮށް ނިންމާފައި ނުވާއިރު، ހަމަ މީހެއްގެ ޚިޔާލު ނުވަތަ ބައެއްގެ ޚިޔާލު އެބަޔަކު އަނބުރާނެ ގޮތަކަށް އެނބުރުމަކީ މުއައްސަސާއެއްގެ ހައިސިއްޔަތުން އެކަމަށް ތައްޔާރުވާންޖެހޭ ކަމެއް ކަމަށް ގަބޫލް ނުކުރެވޭ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ކޮމެއަކަސް ޔައުގޫބްގެ ވާހަކަފުޅު ވަރަށް ރަނގަޅެވެ. ނިޒާމީ ވޯޓެއް އޮންނާނެ ކަމަށް އެއްވެސް އިދާރާއަކުން އަދި މުއައްސަސާއަކުން ނިންމާފައިނުވާއިރު، އިލެކްޝަން ކޮމިޝަންގެ ޕްރޮފެޝަނަލް ބޭފުޅުން ތޯތޯ ވާހަކައެއް ގަބޫލްކުރައްވައި، ބަޖެޓް ހޯއްދަވަން ވަޑައިގެންނެވުމުން ހައިރާން ވެއެވެ.

މިކަމުން އެނގިގެންދިޔައީ، އިންތިޚާބުގެ ކަމްޕެއިންގައި ޔައުގޫބު ވިދާޅުވި ގޮތަށް ކޮރަޕްޝަނާ ވައްކަން ނައްތާލުމަށް ތައްޔާރަށް ހުންނެވިކަމެވެ. އެކަމުގެ އުކުޅުތައްވެސް ދެނެވަޑައިގަންނަވާ ކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
50%
0%
0%
50%
0%
ކޮމެންޓް