ކ. މާލެ
|
14 ނޮވެންބަރ 2021 | އާދީއްތަ 06:27
ކޮޕް26 ބައްދަލުވުމުގެ ރައީސް އަލޯކް ޝަރްމާ
ކޮޕް26 ބައްދަލުވުމުގެ ރައީސް އަލޯކް ޝަރްމާ
ބީބީސީ
ކޮޕް26 ބައްދަލުވުން
ކޮޕް26: ފަހުވަގުތު އެއްބަސްވުމަށް ބަދަލުތަކެއް ގެންނަންޖެހުމުން ކޮޕް26ގެ ރައީސް މަޢާފަށް އެދިވަޑައިގެންފި
 
ބޯޓުދެލި އެންދުން ހުއްޓުމުގެ ބައިވަނީ ވަކި ފޭސްތަކަކަށް ބަހާލައިގެން ބޯޓުދެލި އަންދައިގެން މަދުކުރުމަށް ބަދަލުކޮށްފައި
 
ފަހުވަގުތު ގެންނަންޖެހުނު ބަދަލުތަކުގެ ސަބަބުން އެކަމަށް މަޢާފަށް އެދިވަޑައިގެން ޝަރްމާ ވިދާޅުވީ ކުދި ގައުމުތަކުގެ ކަންބޮޑުވުމާއި ނާއުންމީދު އެނގިވަޑައިގަންނަވާކަމަށް

ކޮޕް26 ބައްދަލުވުމުގައި ގައުމުތަކުން އެއްބަސްވި އެއްބަސްވުމަށް ފަހު ވަގުތު ބަދަލުތަކެއް ގެންނަންޖެހުމުން ކޮޕް26ގެ ރައީސް އެކަމަށް މައާފަށް އެދިވަޑައިގަންނަވައިފިއެވެ.

ކޮޕް26 ބައްދަލުވުމުގައި އެންމެ ފުރަތަމަ އެކުލަވާލި ޑްރާފްޓްގައި ވަނީ ހަކަތަ އުފެއްދުމަށް ބޯޓުދެލި އެންދުން ހުއްޓާލުމަށެވެ. ނަމަވެސް ޑްރާފްޓް ފައިނަލް ކުރުމަށް ކުރިޔަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި އެކަމަށް ދެކޮޅަށް ހައްދަވާ އިންޑިޔާގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް މިނިސްޓަރ ބުޕެންދަރް ޔާދަވް ވަނީ ވާހަކަދައްކަވާފައެވެ. އެއާއެކު އެއްބަސްވުމުގައިވާ ބޯޓުދެލި އެންދުން ހުއްޓުމުގެ ބައިވަނީ ވަކި ފޭސްތަކަކަށް ބަހާލައިގެން ބޯޓުދެލި އަންދައިގެން މަދުކުރުމަށް ބަދަލުކޮށްފައެވެ.

އެކަމާއި ގުޅިގެން ކުދި ޖަޒީރާ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެގައުމުތަކުގެ ޝުޢޫރުތައް ބައްދަލުވުމުގައި ބަންޑުންކޮށްލާފައެވެ. މިއާއެކު ޝަރްމާ ވަނީ އެކަމުގެ ހިތާމަޔާއި މޮޅިވެރިކަމާއެކު ކުރެހިފައިވާ އަޑަކުން އެކަމަށް މައާފަށްއެދި ވަޑައިގަންނަވާފައެވެ.

ފަހުވަގުތު ގެންނަންޖެހުނު ބަދަލުތަކުގެ ސަބަބުން އެކަމަށް މަޢާފަށް އެދިވަޑައިގެން ޝަރްމާ ވިދާޅުވީ ކުދި ގައުމުތަކުގެ ކަންބޮޑުވުމާއި ނާއުންމީދު އެނގިވަޑައިގަންނަވާކަމަށެވެ. ނަމަވެސް މުޅި އެއްބަސްވުމަށް ހުރިހާ ގައުމުތަކަކުން އެއްބަސްވެ އެއްބަސްވުން ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމަށް ޝަރްމާ ވިދާޅުވިއެވެ.

ކޮޕް26 ކުރިޔަށްދިޔައީ އޮކްޓޯބަރ މަހުގެ 31ން ނޮވެމްބަރ މަހުގެ 13ށް ސްކޮޓްލެންޑްގެ ގްލާސްގޯ ގައެވެ. ޕެރިސް އެގްރިމެންޓްގައިވާ ކަންތައްތައް ހާސިލުކުރުމަށް މުހިންމު ނިންމުންތަކެއް ކޮޕް26 ގައި ގައުމުތަކުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް