ކ. މާލެ
|
14 ނޮވެންބަރ 2021 | އާދީއްތަ 04:46
ކޮޕް26 ކޮންފަރެންސްގައި އިންޑިޔާގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް މިނިސްޓަރ
ކޮޕް26 ކޮންފަރެންސްގައި އިންޑިޔާގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް މިނިސްޓަރ
ބީބީސީ
ބޯޓުދެލި އެންދުން ނިމުމަކަށް ގެނައުން
ކޮޕް26: ފަހު ވަގުތު އިންޑިޔާއިން ދެކޮޅު ހެދުމުން ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ހުއްޓާލުމަށް އެއްބަހެއް ނުވެވުނު
 
ބައްދަލުވުމުގައި ނިމިގެންދިޔައީ ފޭސްތަކަކަށް ބަހާލައިގެން ބޯޓުދެލި އެންދުން މަދުކުރުމަށް

ކޮޕް26 ބައްދަލުވުމުގައި ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ހުއްޓުމަކަށް ގެނައުމަށް ކުރިން ގައުމުތަކުން ވީ އެއްބަސްވުމުގައި ގަބޫލުނުކުރެވޭ ކަންތައްތަކެއް ހުރިކަމަށް ވިދާޅުވެ އެކަމަށް އިންޑިޔާގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް މިނިސްޓަރ ދެކޮޅު ހެއްދެވުމުން އެއްބަސްވުމުގެ ބޯޓުދެލި އެންދުން ހުއްޓާލުމަށް ހިމަނާފައިވާ ބައި ބަދަލުކޮށްފިއެވެ.

ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހު ނިމުމަކަށް އައުމަށް ހަމަޖެހިފައިވާ ބައްދަލުވުން ދިގުލައިގެން ދިޔަ އެއް ކަމަކަށް ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުމާއި ތެލާއި ގޭހާއި ކޯލަށް ދޭ ސަބްސިޑީގެ މައްސަލައިގައި ވަކިގޮތަކަށް އެއްބަސްނުވެވި މަޝްވަރާތައް ދިގުލައިގެންދިޔުން ހިމެނެއެވެ. ކޮޕް26ގައި އެއްބަސްވާ ކަންތައްތަކުގެ ޑްރާފްޓް އެއްބަސްވުމަށް އެންމެފަހުން މަޝްވަރާކުރި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންޑިޔާގެ އެންވަޔަރަންމަންޓް މިނިސްޓަރ ވަނީ އެއްބަސްވުމުގައިވާ އެބަޔަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ތަރައްޤީވަމުން އަންނަ ގައުމުތަކަށް ކާބަން ބަޖެޓްގެ ބާކީ ބައި ބޭނުންކުރެވޭކަމަށް ޔަދާވް ވިދާޅުވިއެވެ. އަދި ތަރައްގީވަމުން އަންނަ ގައުމުތަކުން އެމީހުންގެ ތަރައްގީއަށާއި ފަގީރުކަން ނައްތާލުމަށް މަސައްކަތްކުރާއިރު ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ހުއްޓާލުމަށާއި ބޯޓުދެލީގެ ތެރޭގައި ހިމެނޭ ގޭހާއި ތެލާއި، ކޯލަށް ސަބްސިޑީދިނުން ހުއްޓާލުމަށް ވައުދުވަނީ ކިހިނެއްތޯ ވަނީ ސުވާލުއުފައްދަވާފައެވެ.

ދެހަފްތާގެ މުއްދަތަށް ކުރިޔަށްދިޔަ ބައްދަލުވުމުގައި ގައުމުތަކުން ވަނީ ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ނިމުމަކަށް ގެނައުމަށާއި އިންއެފިޝިއަންޓް ފޮސިލް ފިޔުލް ސަބްސިޑީ އާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ހުއްޓާލުމަށް އިންޑިޔާ އާއެކު ޗައިނާ އާއި ސައުދީ އަރަބިއްޔާވެސް ދެކޮޅެވެ. އެހެންކަމުން ކޮޕް26 ބައްދަލުވުމުގެ އެއްބަސްވުމުން އެބައި ބަދަލުކުރުމަށް އެދެގައުމުންވެސް ވަނީ މަސައްކަތްކޮށްފައެވެ.

ކޮޕް26 ބައްދަލުވުމުގައި ނިމިގެންދިޔައީ ފޭސްތަކަކަށް ބަހާލައިގެން ބޯޓުދެލި އެންދުން މަދުކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް