Advertisement
ކ. މާލެ
|
14 ނޮވެންބަރ 2021 | އާދީއްތަ 04:41
ކުޑަރިކިލު ބަނދަރު ހެދުމުގެ މަސައްކަތް
ކުޑަރިކިލު ބަނދަރު ހެދުމުގެ މަސައްކަތް
-
ކުޑަރިކިލު ބަނދަރު
ކުޑަރިކިލު ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
އަމަލީ މަސައްކަތް ފަށައިދެއްވީ އެރަށުގެ ކައުންސިލްގެ ރައީސް އަބްދުލް ހަންނާން
ކުޑަރިކިލު ބަނދަރު ހެދުމަށް ސަރުކާރުން އެމްޓީ ހޯގާޑާ ހަވާލުކުރީ 2020 ވަނައަހަރުގެ ސެޕްޓެމްބަރ 10 ވަނަ ދުވަހު

ބ.ކުޑަރިކިލު ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ކުޑަރިކިލު ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިދެއްވީ އެރަށުގެ ކައުންސިލްގެ ރައީސް އަބްދުލް ހަންނާންއެވެ.

ބަނދަރު ހަލާކުވުމުގެ ސަބަބުން ލަފާފުރުމުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ކުޑަރިކިލު ބަނދަރުގެ ބޭރު ތޮށިގަނޑު ވެއްޓި އެއްގަމު ވާޓަރުން ވެސް ބޮޑުބައެއް ވަނީ ވެއްޓިފައެވެ. މީގެ ސަބަބުން މޫސުން ގޯސްވާ ދުވަސްތަކުގައި އެރަށު ފަޅަށް ވަދެ ނުކުމެ ހެދުމަށް ކަނޑު ދަތުރު ކުރާ ފަރާތްތަކަށް އަންނަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ.

Advertisement

ކުޑަރިކިލު ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަންނާން ވިދާޅުވީ މިމަސައްކަތާއެކު ރަށަށް ލަފާފުރުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހިމަނައިގެން ހަދަން ފަށާފައިވާ މިބަނދަރުގެ މަސައްކަތް ނިމުމާއެކު ގިނަ އޮޑިފަހަރަށް ރަށަށް އާދެވި ރަށުގެ އިޤްތިޞާދަށް ބޮޑުތަނުން ފައިދާ ކުރާނެކަމަށް ހަންނާން ފާހަގަ ކުރެއްވިއެވެ.

އަމިއްލަ ފަރާތެއްގެ ދީލަތި އެހީތެރިކަމާއެކު ކުޑަރިކިލު ރައްޔިތުންގެ މަސައްކަތުން އެރަށުގައި އެންމެ ފުރަތަމަ ބަނދަރެއް ހެދީ 2001 ވަނަ އަހަރުއެވެ. ނަމަވެސް 2004 ވަނަ އަހަރުގެ ސުނާމީގައި އެބަނދަރު ވަނީ ހަލާކުވެފައެވެ.

ކުޑަރިކިލު ބަނދަރު ހެދުމަށް ސަރުކާރުން އެމްޓީ ހޯގާޑާ ހަވާލުކުރީ 2020 ވަނައަހަރުގެ ސެޕްޓެމްބަރ 10 ގައެވެ. ބަނދަރު ހެދުމުގެ މިމަޝްރޫއުގެ ދަށުން އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްވެސް އެމްޓީ ހޯގާޑާ ވަނީ ހަވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް