ދެ ބޯ ހުރި ކުއްޖަކު ސީރިއާގެ އިދްލިބް ގައި އުފަން ވެއްޖެއެވެ.
ބުރާސްފަތި ދުވަހު މި ކުއްޖާ އުފަންވުމުން، އިދްލިބްގެ ސިއްހީ ޚިދުމަތުގެ ފެންވަރު ދައްކަމާއެކު، ތުރުކީގެ ހޮސްފިޓަލަކަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އާދަޔާ ޚިލާފް މި ކުއްޖާގެ ޚަބަރާއި ފޮޓޯ ހާމަކޮށްފައިވަނީ ސީރިއަން ޕްރެސް ސެންޓަރުގެ ފޭސްބުކް ޕޭޖްގައެވެ.
ސީރިއާގެ އިދްލިބް އަކީ އެ ގައުމުގައި ހިނގަމުންދާ ހަނގުރާމާގައި ކެމިކަލް ހަތިޔާރުގެ ހަމަލާތައް އަމާޒުވި ސިޓީއެއް ކަން ފާހަގަ ކުރެވެއެވެ.