Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
10 ނޮވެންބަރ 2021 | ބުދަ 14:11
"ހިޔަލަ" ގެ ނަމުގައި މަސައްކަތު ބައްދަލުވުމަކާއި މައުރަޒެއް ބާއްވަން ތައްޔާރުވަނީ
"ހިޔަލަ" ގެ ނަމުގައި މަސައްކަތު ބައްދަލުވުމަކާއި މައުރަޒެއް ބާއްވަން ތައްޔާރުވަނީ
އުއްމު ކުލްސޫމް އިބްރާހިމް
"ހިޔަލަ" މަސައްކަތު ބައްދަލުވުން
ކުޅުދުއްފުށި ސިޓީގެ ބިޒްނަސް ސެންޓަރުން "ހިޔަލަ" ގެ ނަމުގައި މަސައްކަތު ބައްދަލުވުމަކާއި މައުރަޒެއް ބާއްވަން ނިންމައިފި
"ހިޔަލަ" ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 17 ން 19 ށް

ބައިނަލްއަގްވާމީ ގޭބިސީ ތަކުގައި މަސައްކަތްކުރާ މީހުންގެ ދުވަހާއި، އަންހެން ވިޔަފާރި ވެރިންގެ ދުވަސް ފާހަގަ ކުރުމަށް "ހިޔަލަ" ގެ ނަމުގައި, މައުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުމަކާއި މައުރަޒެއް ބާއްވަން ތައްޔާރުވަމުންދާ ކަމަށް ކުޅުދުއްފުށީ ބިޒްނަސް ސެންޓަރުން ބުނެފިއެވެ.

ބިޒްނަސް ސެންޓަރުން މައުލޫމާތުދިންގޮތުގައި "ހިޔަލަ" ޕްރޮގްރާމްގެ މައުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުން އޮންނާނީ މިމަހުގެ 17 އަދި 18 މި ދެދުވަހުއެވެ. އަދި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 19 ވާ ހުކުރު ދުވަހުއެވެ.

މި މަސައްކަތު ބައްދަލުވުމުގައި އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ތަކެތި ވިއްކާނެ ގޮތާއި، ކާބޯތަކެތި ތައްޔާރުކުރުމުގައި ސިއްޙީ ގޮތުން ސަމާލުކަން ދޭންވީ ކަންތައްތަކާއި، ވިޔަފާރީގެ ހިސާބު ބަލަހައްޓާނެ ގޮތުގެ އިތުރުން ވިޔަފާރި ފުޅާކުރުމަށް އިތުރު ފައިސާހޯދޭނެ އިތުރު ގޮތްތަކާބެހޭ މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ކުޅުދުއްފުށީ ބިޒްނަސް ސެންޓަރާއި، ބީއެމްއެލް، އާއި ދާއިރާއާ ގުޅުންހުރި ބައެއް ފަރާތްތަކުންނެވެ.

Advertisement

މީގެއިތުރުން 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒުގައި ސްޓޯލްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހިލޭކަމަށާއި، ތަކެތި ވިއްކުމާއި އިޝްތިހާރު ކުރުމުގެ ފުރުޞަތު ވެސް މި މައުރަޒުން ލިބިގެންދާނެކަމަށް ކުޅުދުއްފުށީ ބިޒްނަސް ސެންޓަރުން މައުލޫމާތު ދެއެވެ.

ބިޒްނަސް ސެންޓަރުން މައުލޫމާތު ދޭގޮތުގައި މި ޕްރޮގްރާމްގެ މަޤްޞަދަކީ ގޭބިސީތަކުގައި ތިއްބަވައިގެން އާމްދަނީ ހޯދަން މަސައްކަތް ކުރާފަރާތްތަކަށާއި ވިޔަފާރި ކުރާ އަންހެން ބޭފުޅުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރުމާއި ވިޔަފާރި އިތުރަށް ފުޅާކުރުމަށް އެފަރާތްތައް ހޭލުންތެރިކުރުވުމާއި، އެކަމަށް ހުރި ފުރުޞަތުތަކާބެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ.

"ހިޔަލަ" ގެ ނަމުގައި ވޯކްޝޮޕަކާއި އެކްސްޕޯއެއް ބާއްވަން ތައްޔާރުވަނީ - އުއްމު ކުލްސޫމް އިބްރާހިމް

"ހިޔަލަ" ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިއްޔެ ހަމަވެފައިވާއިރު މިޕްރޮގްރާމް ކުރިއަށްދާނެ ގޮތާބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިއަދުވަނީ ބާއްވާފައެވެ.

މިމަހުގެ 17 ން 19 އަށް ކުރިއަށް ގެންދާ "ހިޔަލަ" ޕްރޮގްރާމް ކުރިއަށްގެންދަނީ ކުޅުދުއްފުށީ ބިޒްނަސް ސެންޓަރ އާއި ކުޅުދުއްފުށީ ސިޓީކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެންނެވެ.

ބައިނަލްއަގުވާމީ ގޭބިސީތަކުގައި މަސައްކަތްކުރާމީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހެވެ. އަދި އަންހެން ވިޔަފާރި ވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ނޮވެމްބަރު މަހުގެ 19 ވަނަދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް