ކ. މާލެ
|
9 ނޮވެންބަރ 2021 | އަންގާރަ 03:11
ނިއުކާސަލުގެ ކޯޗުގެ މަގާމަށް ހަމަޖެއްސި އެޑީ ހޯވް
ނިއުކާސަލުގެ ކޯޗުގެ މަގާމަށް ހަމަޖެއްސި އެޑީ ހޯވް
ގެޓީ އިމޭޖަސް
ހޯވް ނިއުކާސަލާ ހަވާލުވުން
ނިއުކާސަލުގެ އައު ކޯޗަކަށް ހޯވް
 
ހޯވް ނިއުކާސަލާއެކު އެއްބަސްވުން ހެދީ 2024 ގެ ނިޔަލަށް
 
ސްޓީވް ބްރޫސް ވަނީ ނިއުކާސަލުގެ ކޯޗުގެ މަގާމުން ވަކިވެފައި

ނިއުކާސަލް ޔުނައިޓެޑުގެ ކޯޗުގެ މަގާމަށް އިނގިރޭސި ޒުވާން ކޯޗު އެޑީ ހޯވް ހަމަޖައްސައިފިއެވެ.

ދާދި ފަހުން ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނުގެ ހިއްސާއާއެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ގަނެފައިވާއިރު، އެ ޓީމު ގަންނަން ޕީއައިއެފްއިން ވަނީ ޖުމްލަ 408 މިލިޔަން ޑޮލަރު ހޭދަކޮށްފައެވެ. ޕީއައިއެފްގެ މިލްކިއްޔާތުގައި 434 ބިލިޔަން ޑޮލަރު ހުރިއިރު، މިއީ ފުޓްބޯޅަ ކްލަބެއް ހިންގާ ބައެއްގެ އެންމެ ބޮޑު މިލްކިއްޔާތެވެ.

އެއާއެކު މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އުމުރުން 60 އަހަރުގެ ސްޓީވް ބްރޫސް ވަނީ ނިއުކާސަލުގެ ކޯޗުގެ މަގާމުން ވަކިވެފައެވެ. އޭނާ ނިއުކާސަލުގެ ކޯޗުގެ މަގާމުން އިސްތިއުފާދިނީ އައު ވެރިންގެ ކުރިމަތީގައި ކުޅުނު ފުރަތަމަ މެޗުން ޓޮޓެންހަމް ހޮޓްސްޕާ އަތުން 3-2 ގެ ނަތީޖާއަކުން ބަލިވުމާއެކުއެވެ.

އެއާއެކު ހޯމަ ދުވަހުގެރޭ ނިއުކާސަލުން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމަށް އުމުރުން 43 އަހަރުގެ ހޯވް ހަމަޖައްސާފައެވެ. ނިއުކާސަލާއެކު 2024 ވަނަ އަހަރުގެ ނިޔަލަށް ހޯވް އެއްބަސްވުން ހެދިއިރު، މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ބޯންމަތު ދޫކޮށްލި ފަހުން ހޯވް މިހާތަނަށް ހުރީ ޓީމަކާ ހަވާލުނުވެއެވެ.

ނިއުކާސަލުގެ ކޯޗަކަށް ހޯވް ހަމަޖެއްސިއިރު، މީގެ ކުރިން އެ ޓީމުން ވަނީ ކޯޗުގެ މަގާމަށް ޝަޚްތާރު ޑޮނިއެސްކުގެ ކުރީގެ ކޯޗު ޕައޮލޯ ފޮންސޭކާ ނުވަތަ ވިޔަރެއާލުގެ ކޯޗު އުނާއި އެމެރީ ހަމަޖައްސަން މަސައްކަތްކޮށްފައެވެ. އަދި މީގެ ކުރިން ޗެލްސީއަށް ކުޅެ އަދި އެ ޓީމުގެ ކޯޗުގެ މަގާމު އަދާކުރި ފްރޭންކް ލަމްޕާޑް ނުވަތަ ލިވަޕޫލުގެ ކުރީގެ ތަރި އަދި މިހާރު ރޭންޖާސްގެ ކޯޗު ސްޓީވެން ޖެރާޑް ހަމަޖައްސަންވެސް ނިއުކާސަލުން މަސައްކަތްކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިއުކާސަލުގެ ކޯޗުގެ މަގާމާ ހޯވް ހަވާލިވިއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން ލިބުނު ފަސްް ޕޮއިންޓާއެކު ނިއުކާސަލް އޮތީ ލީގުގެ ފުލުން ދެވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް