Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
8 ނޮވެންބަރ 2021 | ހޯމަ 13:59
ރާއްޖޭގައި ފުރަތަމަ ފަރަށް ބޭއްވި ބީޗް ހޭންޑް ބޯލް ކޯޗުން ތަމްރީނުކުރާ ކޯސް ނިންމުމުގެ ރަސްމިޔާތުގެ ތެރޭން
ރާއްޖޭގައި ފުރަތަމަ ފަރަށް ބޭއްވި ބީޗް ހޭންޑް ބޯލް ކޯޗުން ތަމްރީނުކުރާ ކޯސް ނިންމުމުގެ ރަސްމިޔާތުގެ ތެރޭން
ހޭންޑް ބޯލް މޯލްޑިވްސް
ރާއްޖޭގައި ފުރަތަމަ ފަރަށް ބޭއްވި ބީޗް ހޭންޑް ބޯލް
މުޖުތަމައެއްގައި ކުށްމަދުކުރުމަށް ކުޅިވަރު މުހިންމު ރޯލެއް އަދާކުރޭ: މޭޔަރ އާތިފް
މިއީ ރާއްޖޭގައި ފުރަތަމަ ފަރަށް ބޭއްވި ބީޗް ހޭންޑް ބޯލް ކޯޗުން ތަމްރީނުކުރާ ކޯސް
30 ފަރާތަކުން މިކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވޭ

މުޖްތަމައެއްގައި ކުށްމަދުކުރުމަށް ކުޅިވަރުތައް މުހިންމު ރޯލެއް އަދާކުރާކަމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުަހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އާތިފް މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބީޗް ހޭންޑް ބޯލް ކޯޗިން ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ރޭ ބޭއްވި ރަސްމިޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

Advertisement

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖޭގައި ތަމްރީން ކުރެވުނު ބީޗް ހޭންޑްބޯލް ކޯޗުންގެ ގޮތުގައި މިތިބީ ކުޅުދުއްފުއްޓާއި މިސަރަހައްދަށް ނިސްބަތްވާ ފަރާތްތައް ކަމަށެވެ. އެހެންކަމުން މިއީ ތިލަދުންމައްޗާއި ކުޅުދުއްފުއްޓަށް ލިބިގެންދިޔަ ބޮޑު ޝަރަފެއްކަމުގައި އާތިފް ފާހަގަކުރެއްވިއެވެ. އަދި މި ސަރައްދަކީ ބީޗް ހޭންޑް ބޯލްގެ ގަދަ ބާރަކަށް ހެދުމަށް ލިބިގެންދިޔަ ރަނގަޅު ފުރުޞަތެއްކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބީޗް ހޭންޑް ބޯލް ކޯޗުން ތަމްރީނުކުރާ ކޯސް ނިންމުމުގެ ރަސްމިޔާތުގެ ތެރެއިން - ހޭންޑް ބޯލް މޯލްޑިވްސް

ކުޅުދުއްފުށި ސިޓީގައި މިކޯސް ކުރިއަށްގެންދިޔައީ އޮކްޓޯބަރު 30 ން ނޮވެމްބަރު 6ގެ ނިޔަލަށެވެ. 30 ބައިވެރިންނާއެކު ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މިކޯހުގައި ކިޔަވައިދެއްވީ ޕާކިސްތާންގެ ދެ ކޯޗުން ކަމަށްވާ ބާބަރު ސުލްޠާނާއި މުޙައްމަދު ޝުހައިބާއެވެ. ޕާކިސްތާންގެ މިދެ ކޯޗުންނަކީ އެގައުމުގެ ގައުމީ ޓީމަށް ކުޅެ، ގޯލްޑް މެޑަލް އާއި ސިލްވާ މެޑަލް ހޯދާފައިވާ ދެ ކުޅުންތެރިންނެވެ. މި ދެ ކޯޗުން ބީޗް ހޭންޑް ބޯލްގެ ތެރޭގައި މަސައްކަތް ކުރާތާ މިހާރު 20 އަހަރުވެފައިވާއިރު، މި ކޯޗުންގެ ތެރެއިން މުޙައްމަދު ޝުހައިބު ވަނީ 2018 ވަނަ އަހަރު އޭޝިއަން ގޭމްސްގައި ޕާކިސްތާންގެ ގައުމީ ޓީމަށް ކޯޗްކަން ކޮށްދީފައެވެ.

ހޭންޑް ބޯލް މޯލްޑިވްސްއިން ބުނީ މި ކޭމްޕްގައި އެންމެ ބޭސިކުން ފެށިގެން ކޯޗުން އިސްކަންދޭންވީ ކަންތައްތަކުގެ ތެރެއިން ގޭމް ޕްލޭން ހެދުމާއި، ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ގޮތުގެ މަޢުލޫމާތުގެ އިތުރުން ބީޗް ހޭންޑް ބޯލް ގަވާއިދާބެހޭ މަޢުލޫމާތު ވެސް ދެވިފައިވާނެކަމަށެވެ. އަދި ކޯސް ކުރިއަށްދިޔައީ ތިއަރީ ބަޔާއި ޢަމަލީ ބަޔާއެއްކޮށްކަމަށެވެ. މިކޯހުގައި ބައިވެރިވެފައިވަނީ ހއ. އަތޮޅާއި ށ. އަތޮޅުގެ ބައިވެރިންނެވެ.

މިކޯސް ކުރިއަށްގެންދިޔައީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައެވެ. އަދި ޕާކިސްތާންގެ ހޭންޑް ބޯލް ފެޑެރޭޝަނާއި ކުޅުދުއްފުށީ ޑަބްލިއު ސްޕޯޓްސް އެކަޑަމީ، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި ހޭންޑް ބޯލް މޯލްޑިވްސް ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް