ކ. މާލެ
|
7 ނޮވެންބަރ 2021 | އާދީއްތަ 14:53
ޗައިނާގެ ފޯރެކްސް ރިޒާވްސް
ޗައިނާގެ ފޯރެކްސް ރިޒާވްސް
ރޮއިޓަރސް
ޗައިނާގެ ފޯރެކްސް ރިޒާވްސް
ޖުލައި މަހުގެ ފަހުން ފުރަތަމަ ފަހަރަށް ޗައިނާގެ ފޯރެކްސް ރިޒާވް މައްޗަށް އަރައިފި
އޮކްޓޯބަރ މަސް ނިމުނުއިރު ޗައިނާގެ ރިޒާވް ވަނީ 3.218 ޓްރިލިއަން ޑޮލަރަށް އަރާފައި

ޖުލައި މަހުގެ ފަހުން ފުރަތަމަ ފަހަރަށް ޗައިނާގެ ފޮރިން އެކްސްޗޭންޖް ރިޒާވް އޮކްޓޯބަރ މަހު މަތިވެއްޖެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޗައިނާގެ ފޮރިން އެކްސްޗޭންޖް ރިޒާވް މަހުން މަހަށް މައްޗަށް ގޮސްފައިވާއިރު، ރަސްމީ ޑޭޓާތަކުން ދައްކާ ގޮތުގައި މިދިޔަ އާދީއްތަ ދުވަހު ޑޮލަރުގެ އަގު ވަނީ އެހެން ބޮޑެތި ފައިސާގެ ބާސްކެޓްތަކާ ދެކޮޅަށް ދަށަށް ގޮސްފައެވެ.

ސްޓޭޓް އެޑްމިނިސްޓްރޭޝަން އޮފް ފޮރިން އެކްސްޗޭންޖް (ސޭފް) ގެ ޑޭޓާތަކުން ދައްކާ ގޮތުގައި އޮކްޓޯބަރ މަސް ނިމުނުއިރު ދުނިޔޭގެ އެންމެ ބޮޑު ރިޒާވް ކަމަށްވާ ޗައިނާގެ ރިޒާވް ވަނީ 3.218 ޓްރިލިއަން ޑޮލަރަށް އަރާފައެވެ.

ރޮއިޓާސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، އެއީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރޮއިޓާސް އިން ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ލަފާކުރި 3.197 ޓްރިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެކެވެ. ނަމަވެސް އޮގަސްޓް މަސް ނިމުނުއިރު އެއީ 3.232 ޓްރިލިއަން ޑޮލަރަށްވުރެ ދަށް އަދަދެކެވެ. އަދި ޑޮލަރުގެ އިންޑެކްސް (ޑީއެކްސްވައި) އޮކްޓޯބަރ މަހު ވަނީ 0.1 އިންސައްތަ ދަށަށް ގޮސްފައެވެ.

"ކޮވިޑް-19 ގެ ބަލިމަޑުކަން ތަކުރާރުވަމުން ދިޔަ ނަމަވެސް އަދި ދުނިޔޭގެ އިޤްތިޞާދު ރަނގަޅުވަމުން އަންނަ އިރު، ޗައިނާގެ އިޤްތިޞާދު އަދިވެސް ދަނީ ވަރުގަދަ ރެސިލިއަންސް އަދި ބިޔަ ޕޮޓެންޝިއަލްއަކާ އެކު ރަނގަޅު ވަމުންނެވެ. މިކަމުގެ ސަބަބުން ފޮރިން އެކްސްޗޭންޖް ރިޒާވްގެ ސްކޭލްގައި ޖުމްލަ ހަމަޖެހުން ދެމެހެއްޓުމަށް އެއްބާރުލުން ލިބޭނެ،" ސޭފް އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އޮކްޓޯބަރު މަސް ނިމުނުއިރު ޗައިނާއިން 62.64 މިލިއަން ފައިން ޓްރޯއީ އައުންސް ރަނުގެ ގޮތުގައި ހިފެހެއްޓިއިރު، އޭގެ ކުރީ މަހުއްސުރެނ މިހާތަނަށް 62.64 މިލިއަން ފައިން ޓްރޯއީ އައުންސް ވަނީ ހިފެހެއްޓިފައެވެ.

ރަނުގެ ރިޒާވްގެ އަގު 110.83 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަސް ނިމުނުއިރު ރަނުގެ ރިޒާވްގެ އަގު ވަނީ 109.18 ބިލިއަން ޑޮލަރަށް އަރާފައެވެ.

- ކޮމެންޓް